ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަކުރަނީ ދައުލަތް ހިންގުމުގެ ހަރަދުތައް ކަމަށާއި ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ ކަމަށް ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހުމަދު އަޒާން ވިދާޅުވެއްޖެ އެވެ.
އަޒާން މިފަދަ މޭރުމަކުން އެކްސްގައި ޕޯސްޓެއް ކުރައްވާފައި މިވަނީ މި ދުވަސްވަރު ޓޭކްއަވޭ ހުއްޓާލައި ގޭގައި ގަރުދިޔައާއި ބަތް ކައިގެން އުޅުމަށް ޕީއެންސީން ރޭ ބޭއްވި ޖަލްސާއެއްގައި ރައީސް އޮފީހުގެ ވަޒީރު އަލީ އާރިފް ރައްޔިތުންނަށް އިލްތިމާސްކުރެއްވުމުންނެވެ. ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން އަލީ އާރިފް ވިދާޅުވީ ބަލިވުމުން ހިތި ބޭސް ބޯންޖެހޭ ފަދައިން ރައްޔިތުންނަށްވެސް މިއަދު ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށެވެ.
އަލީ އާރިފުގެ ނަން ނުގެންނަވައި އަޒާން ވިދާޅުވީ ސަރުކާރުގެ ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކުޑަކުރަނީ ދައުލަތް ހިންގުމުގެ ހަރަދު ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރައްވަން އެމަނިކުފާނު ގެންގުޅުއްވާ ބައެއް ސިޔާސަތުތައް އާންމު ކުރައްވާފައި ކަމަށްވެސް އަޒާން ވިދާޅުވި އެވެ.
“އާންމު ރައްޔިތުންނަށް ބޭނުން އެއްޗެއް ކައިގެން އުޅެވޭނެ”
އަޒާން މިފަދައިން ވިދާޅުވިއިރު އަލީ އާރިފް ރޭ ދެއްކެވި ވާހަކަތަކާއި ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އޭނާއަށް އަމާޒުވަމުންނެވެ.
އެހެންނަމަވެސް އަލީ އާރިފް ރޭ ޖުމްލަ ގޮތެއްގައި ވިދާޅުވީ ގައުމުގެ މާލީ ހާލަތު ދަށަށް ދިޔުމުގެ ސަބަބުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅާއިރު ރައްޔިތުންވެސް ހަރަދު ކުޑަކުރުމަކީ މިދަނޑިވަޅުގައި މުހިންމު ކަމެއް ކަމަށެވެ. އެއީ ކަރަންޓު ހަރަދު ކުޑަކުރުމާއި, ފެން އިސްރާފު ނުކުރުމުގެ އިތުރުން ކާބޯތަކެތިންވެސް އިސްރާފު ނުކުރުން ފަދަ ކަންކަން ކަމަށް އަލީ އާރިފް ވިދާޅުވި އެވެ.
ގަރުދިޔަ ބަތް ސަރުކާރު! ދައުލަތަށް ފައިސާ ހޯދާނެ ގޮތެއ ނޭގޭ ފައިސާ މެނޭޖް ނުކުރެވޭ ފެން ބަތް ސަރުކާު! ކޮބާ މޮޅު ވެއްޖެ ސަރުކާރު ކޮނމެ 5 އހަރުން ބަދަލު ކުރަންނާ ވާނީ މިހެން! އެ ވެރިކަމެއްގަ ތިބި ބަޔަކު ހަރަދު ކުރި ގޮތަށް ފައިސާ ހޯދޭނެ ގޮތް ވެސް ހުންނާނެ ހޯދާފަ! މި ފސަރުކާރަކަށް ނޭގުނު ފައިސާ މެނޭޖް ކުރާކަށް! ހީކުރީ އަރަބި ގައުމު ތަކުން ފައިސާ އޮއްސާލާނެ ކަމަށް އެކަމަކު އެއެއް ނުލިބުނު! އިންޑިޔާ ހައްލާލާގެން ރުފިޔާ ހޯދަ ހޯދާ ތިބޭ ގޮތަށް އުޅުނު ނަމަ މިހެން ނުވީސް! ދެން ބަތާ ގަރުދިޔާ ކައި ފިޔާ ލިބޯ ވެސް ނުލާ! ލޮލް
މީނަ ހައްޔަރުކުރަނީ ކޮންއިރަކުންބާ. އެމް.އެން.ޑީ އެފް ރަށަކައް އަރައްގޮސްފައި. ބޮޑުކުށެއް. ދިވެހިންގެ ދިދަ ރައީސް ކޮބާ. ރައްޔިތުން ނުވެސް ފެނޭ