ސިފައިންގެ ޚިދުމަތުގައި ނަޞްރު 25 އަހަރު!

ނަޞްރުﷲ އަޙުމަދަކީ ދިވެހި އެތްލީޓުންގެ ތެރޭގައި ފަރިތަ ނަމެކެވެ. ޚާއްސަކޮށް ރާއްޖޭގައި ދުވާ ކޮމިއުނިޓީގައި އެއީ ލެޖެންޑެކެވެ. ރާއްޖޭގައި އެންމެ ގިނަ މެރަތަން ފުރިހަމަކޮށްފައިވާ އެލްލީޓްގެ ލަޤަބު އޮތީ ނަޞްރުގެ އަތުގައެވެ. ނަޞްރުގެ އަސްކަރީ ޚިދުމަތަށް މިވަނީ 25 އަހަރު ފުރިފައެވެ.
ޤައުމީ ދިފާއީ ބާރުގައި މަސައްކަތް ކުރަމުން, ކުޅިވަރުގެ ޚިދުމަތުގައި ނަޞްރު ހޯދި ކާމިޔާބީއަކީ ފާހަގަކޮށްލަން ޖެހޭ ކާމިޔާބީއެކެވެ.
ނަސްރު ދުވަން ފުރަތަމަ ނިކުތީ ދެހާހުގެ ކުރީކޮޅުގައެވެ. އެމްޓީސީސީ މެރެތަންގެ ނަމުގައި އޭރު ހުޅުމާލޭގައި ބާއްވަމުން އައި މެރެތަންއިންނެވެ. އޭގެފަހުން ދުވުން ހުއްޓައެއް ނުލައެވެ. މިހާތަނަށް އޭނާ ވަނީ 96 މެރަތަންގައި ދުވެފައެވެ. ކޮންމެ މެރަތަން އެއްވެސް ނިންމާފައިވަނީ މެރަތަން ބެންޗްމާކް ކަމުގައިވާ 4 ގަޑިއިރު ނުވެއެވެ.

ނަސްރުގެ އަމާޒަކީ 100 މެރަތަން މިގޮތަށް ހަމަކޮށް، ސައުތު އޭޝިއާގެ އެންމެ ގިނަ މެރަތަހަން ދުވުމުގެ ރިކޯޑު ހޯދުމެވެ. ނަސްރުﷲގެ އިރުޝާދުގެ ދަށުން ވަރަށް ގިނަ ދުވުން ތެރިންނެއް ވަނީ ވަނަތައް ހާސިލު ކޮށްފައެވެ. އަދި ގައުމީ ރިކޯޑުވެސް ހަދާފައެވެ. ރާއްޖޭން ބޭރުގައި ރާއްޖެ ތަމްސީލުކުރުމުގެ ފުރުޞަތުވެސް ވަނީ އެތަށް ދުވުންތެރިނަކަށް ހޯދާދީފައެވެ.
މިހާރު ރާއްޖޭގެ ދިގުދުވުމުގެ ގައުމީ ސްކޮޑުގައި ތިބި ހުރިހާ ދުވުންތެރިންނަކީ ނަސްރުﷲ ގެ ޓްރޭނިންގ ތެރޭން ފުރުޞަތު ހޯދި ދުވުންތެރިންނެވެ.
ނަސްރުﷲ ކޯޗިން ދެނީ ހަމައެކަނި ގައުމީ ފެންވަރު އެތުލީޓުންނަކަށް އެކަންޏެއް ނޫނެވެ. ދުވުމުގެ ޝައުގުވެރިކަން ހުރި ކޮންމެ ފަރާތެއް ނަސްރުގެ ދުވާ ކްލަބާ ގުޅިގެން ތަމްރީނު ކުރެވޭނެއެވެ. މިގޮތުން ވަރަށް ގިނަ އާދާގެ ދުވުންތެރިންތަކެއް ވަނީ އެމީހުންގެ ޕާރސަނަލް ބެސްޓް އެތަށް ފަހަރަކު އާކޮށްފައެވެ.
ނަސްރު އަކީ ހުރިހާ އެންމެނާވެސް ވ ގުޅިގެން އުޅޭ މީހެއް ގޮތަށް މިފެނިގެން ދަނީ ، ނަސްރު ރަނގަޅުވާނެ ހެން ހީވަނީ ސިޔާސީ މައިދާނަށް ވެސް