ޚަބަރު

ކޭއެފްސީގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލާފައި/ ފޮޓޯ: އައްވާމް އިބްރާހިމް

މާލޭގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިތައް އަނެއްކާވެސް ތަޅާލައިފި އެވެ.

Ads by STELCO

ފުލުހުން ބުނީ ރޭ ފަތިހު 04:32 ހާއިރު ގާބުރިއަކުން ޖަހައި، އަމީނީ މަގުގައި ހުންނަ ކޭއެފްސީގެ ބިއްލޫރިތައް ތަޅާލަފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އެ މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.

ހުސްވި ހަފްތާގެ ހޯމަ ދުވަހުގެރޭވެސް ކޭއެފްސީގެ ބިއްލޫރިތައް ތަޅާލި އެވެ. އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ. އެކަމަކު މީހަކު ހައްޔަރެއް ނުކުރެ އެވެ.

ކޭއެފްސީ އަކީ އިޒްރޭލަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެ އެތާ ދޮށުގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެތަނަށް ކަޅުތެޔޮވެސް ޖެހި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!