ޚަބަރު

ކޭއެފްސީ އާއި ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖަހައިފި

ޙައްވާ އިނާޝާ ، ދެން އޮންލައިން

އިސްރާއީލަށް ފަންޑުކުރާ ކަމަށް ބުނެ ރާއްޖޭގެ ކޭއެފްސީއާއި ޕިއްޒާ ހަޓް އަދި ކޮކަކޯލާ އަށް ވަދެ ކަޅު ތެޔޮ ޖަހައިފިއެވެ.

Ads by MWSC

މިކަން ހާމަކޮށް ފުލުހުން ދެންމެ ވިދާޅުވީ ކޭއެފްސީއާއި ޕިއްޒާހަޓަށް ކަޅުތެޔޮ ޖަހާފައިވާ މައްސަލަ މިރޭ ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މި ވަގުތު ސީންގައި ފުލުހުން ހަަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.

މީގެ ކުޑަ އިރުކޮޅެއް ކުރިން ސޯޝަލް މީޑިއާގައި ފޮޓޯތަކަކާއިއެކު ދައުރުވި ޕޯސްޓުގައި ބުނެފައި ވަނީ އިސްރާއީލަށް ފަންޑު ކުރާ ކަމަށް ތުހުމަތުކޮށް ރާއްޖޭގެ ކޭއެފްސީއާއި ޕިއްޒާހަޓް އަދި ކޮކަކޯލާގެ އޮޕަރޭޝަންތައް ހުއްޓާލުމަށް މޫނު ނިވާކޮށްގެން ތިބި ބަޔަކު ވަދެ އިންޒާރުދީ ކަޅުތެޔޮ ޖަހާފައިވާ ކަމަށެވެ.

މިގޮތުން ދައުރުވަމުން އަންނަ ފޮޓޯތަކުންވެސް ފެންނަ ގޮތުގައި އެތަން ތަނަށްވަދެ ވަނީ ކަޅުތެޔޮ ޖަހާފައެވެ.

Ads by Allied Insurance
  1. ޑޯންޓްޔޫ

    ވެރިކަން ނުފެށޭ އަމިއްލަ އަށް މިބުނަނީ މުއިއްޒު ތިމަންނާގެ ވެރިކަން ނަމޫނާ ވެރިކަމަށްވާނޭ ކަމަށް ވެރިކަމަށް އެއް އަހަރު ވުުމުން ތިހެން ބުނާނަމަ ރަނގަޅުވާނެއޭ ތިޔާ ގޮތަށް ރައީސް އިބޫ ވެސް ރައީސް އޮފީސް ތެރެއަށް ހުރިހާ ވަޒީރުން އެއްކޮށްގެން ޒީރޯ ޓޮލެެރެންސް ނަމުގައި ގަނޑެއް ގަތޭ އެންމެ ފަހުން ފެނުނީ ކޮވިޑް ތެރޭގައި ހަކުރު ކިލޯ އެއްވެސް ވިއްކީ 10 ހާސް ރުފިޔާ އަށް އެސްޓީއޯ އިން ގަނެގެން ސަރުކާރަށް ސަރުކާރުގެ ބޮޑުން ތައް ރަނގަޅުތާ ޒީރޯ ޓޮލެެރެންސް އޮޅާލީއޭ ދޯ…

  2. ހުއްޓާލާށޭ

    އިޒްރޭލުން ގާޒާ އަށް ދެމުން ގެންދާ ހަމަލާއާއި ގުޅިގެން ދިވެހިންނާއި އަދި މުޅި އިސްލާމީ އުއްމަތަށް ދަނީ ވަރަށް ބޮޑަށް އަސަރުކުރަމުންނޭ މިގައުމުގެ ވެރިންނަށް އެކަން ނޭގުން އެއީ ހިތާމަ ކުރަން ޖެހޭނެ ކަމެކޭ އިންޑިއާގެ މޮދީ އަކީ އެއީ ފާޅުގައި އިޒްރޭލަށް ވާގިވެރިވާ ވެރިއެކޭ އެކަމަކު މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް މޮދީ އަށް މިދަނޑިވަޅުގައި ދައުވަތު ދިނުން އަދި އެމެރިކާ އަށް ދައުވަތު ދިނުން އެއީ ކޮށްގެން ވާނޭ ކަމެއް ނޫނޭ އާ ސަރުކާރުން އެކަން ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ ހުއްޓާލާށޭ

  3. ބަލާތި

    ކޭއެފްސީ އާއި ޕިއްޒާ ހަޓަށް ކަޅުތެޔޮ ޖަހައިފި ނަމަ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ އެކަން ކޮށްގެން ނުވާނެއޭ އެއިރުން ވިޔާފާރި އަށް އޮތް ރައްކާތެރި ކަން ގެއްލިގެން ދާނެއޭ މިގައުމުން އެގިގެންދާ އެއްޗަކީ ފަލަސްތީނު ރައްޔިތުންނާއި ދެކޮޅު ގައުމު ތަކާއި ކުންފުނި ތަކާއި ދިވެހިރައްޔިތުން ހިތްހަމަ ނުޖެހޭ ކަން ސަރުކާރު ހިންގަމުންދާ ބޮޑުންނާއި އަދި ސަރުކާރު ހިންގަން ހަވާލުވާ ބޮޑުން ތައް މިކަމުގައި ވިސްނުންތެރިކަން ކުރިއަށް ނެރެގެން މިދަނޑިވަޅުގައި އިޒްރޭލަށް ފާޅުގައި ތާއީދު ކުރާ އިންޑިއާ އާއި އެމެރިކާ ތަން ކޮޅެއް ދުރުގައި ބޭތިއްބުން ވަރަށް ބޭނުންތެރިއޭ އިންޑިއާ ބޮޑު ވަޒީރު މޮދީ މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ކޮންމެެހެން ގެންނާން ނުޖެހެއޭ އަދި އެމެރިކާގެ އެމްބަސޭ އާއި އަދި އިނގިރޭސި އެމްބަސޭ އާއި އަދި އިންޑިއާ އެމްބަސޭ އާއި ޖަޕާނު އެމްބަސޭ މެންނަށް ދީފައިވާ ދައުވަތު ވެސް ބާތިލް ކުރަންވީއޭ ޖަޕާނު ވެސް ބުނަނީ ތިމަންނާ މެން މީ ސުލްހައިގެ ބައެކޭ އެމެންގެ ވެސް ހަގީގަތް އެނގުނީ މިފަހަރުއޭ ޖަޕާނުން ވެސް ތާއީދު ކުރަނީ އިޒްރޭލަށޭ މިފަދަ ގައުމު ތައް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތަށް ގެންނާން ޖެހޭތޭ ފަލަސްތީނު ކިތައް މިލިއަން ރައްޔިތުންތޭ އިޒްރޭލާއި އެމެރިކާ އަދި އިންޑިއާ އެކުވެގެން އެމަރަމުން ދަނީ މުޅި މުސްލިމް އުއްމަތް ހިތާމައިގެ ކަނޑުގައި ފަތަ ފަތާ ތިއްބާ ބޮޑު ނާޗަރަނގީ އެއް ކުޅޭ ގޮތަށް މުއިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތު މިދަނޑިވަޅުގައި ދައުލަތުގެ ބަޖެޓުން 200 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބޭއްވުން އެއިން ދައްކާ ދެނީ މުސްލިމް މުޖުތަމައު އަށް ވަރަށް ނުބައި މަންޒަރެކޭ އަދި އެކަން ދަންނަ ފަރާތުން ދެނެ ވޮޑިގެންވާނެއޭ މުއިއްޒު ކަން ދެއްކުމަށް ކުރާ ކަމެއް ކަން މި ކަމަކީ ވެސް.

  4. ޢަޒްރާ

    އަލްހަމދުު ލއްލާހި