ކޭއެފްސީގެ ބިއްލޫރިގަނޑެއް ތަޅާލައިފި

މާލޭ އަމިނީމަގުގައި ހުންނަ ކޭއެފްސީ ރެސްޓޯރެންޓުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެކަމެއް ހިނގާފައިވަނީ ރޭ 3:06 ހާއިރު ކަމަށެވެ.
އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށާއި, އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ކޭއެފްސީ އަކީ އިޒްރޭލަށް ފަންޑުކުރާ ތަނެއް ކަމަށް ބުނެ އެތާ ދޮށުގައި ދޭތެރެ ދޭތެރެއިން މުޒާހަރާ ކުރެ އެވެ. މިދިޔަ އަހަރުގެ ފަހުކޮޅު އެތަނަށް ކަޅުތެޔޮވެސް ޖެހި އެވެ.