ޚަބަރު

އުދައަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވައިޓް އެލާޓް ނެރެފި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މޫސުން ގޯސް ދުވަހެއްގައި ކަނޑުމަތި/ ފޮޓޯ: ދެން

އުދައަރާނެ ކަމަށް ލަފާކޮށް ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމަޔަށް މޫސުމާ ބެހޭ އިދާރާއިން ވައިޓް އެލާޓް ނެރެފި އެވެ.

Ads by Hajj Corporation

މެޓް އޮފީހުން އެ ސަރަހައްދަށް ވައިޓް އެލާޓް ނެރުނީ މިއަދުގެ މެންދުރު 1:15 އިން ހަވީރު 5:15 ގެ ނިޔަލަށެވެ.

ވައިޓް އެލާޓް ނެރުނީ އުދައަރާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.

މި އެލާޓު ނެރެނީ ވައިގެ ބާރުމިން ގަޑިއަކު 23 މޭލާއި 30 މޭލާ ދެމެދުގައި އުޅޭ ނަމަ އެވެ. މި ސަމާލަކީ މޫސުން ގޯސްވުމުގެ ސަބަބުން ނުރައްކަލެއް ކުރިމަތިނުވި ކަމުގައި ވިޔަސް، މޫސުން ގޯސްވާކަން އެންގުމުގެ ގޮތުން ނެރޭ ސަމާލެކެވެ. މި ސަމާލުގައި ކަނޑުދަތުރު ކުރުމަކީ ރަނގަޅު ކަމެއް ނޫނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!