ކެފޭއެއްގެ ކައުންޓަރު މަތީ އޮތް ފޯނެއް ވަގަށް ނެގި މީހަކު ހޯދަނީ

ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން މީހެއްގެ ވަނަވަރު އާއްމުކޮށް އެ މީހާ ހޯދަން ފުލުހުން އިއުލާންކޮށްފި އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ހޯދަމުންދަނީ ހަސަން ޝަކީބް، ތ. ގާދިއްފުށި / މިރިޔާސްގެ (27އ) އެވެ.
އޭނާއަށް ތުހުމަތުކުރަނީ މި ހަފްތާގެ އަންގާރަ ދުވަހު ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނެގިކަމުގެ ތުހުމަތެވެ.
ޝަކީބްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅައި ހިއްސާކުރަން އެދެ އެވެ.