ދުނިޔެ

އިންޑިއާގެ އަންނަ އަހަރުގެ ބަޖެޓަށް ތައުރީފް

މުޙައްމަދު އަރީޙް ، ދެން އޮންލައިން

އިންޑިއާގެ މާލީ ވަޒީރު ނިރްމަލާ ސީތާރާމަން ވަނީ 2024-25 ވަނަ އަހަރުގެ ޔޫނިއަން ބަޖެޓް ބުރާސްފަތި ދުވަހު ޕާލިމެންޓަށް ހުށަހަޅުއްވާފައެވެ. މި ބަޖެޓަކީ މުޖުތަމަޢުގެ ހުރިހާ ދާއިރާއެއް އަމާޒުކޮށްގެން އެކުލަވާލާފައިވާ ފުރިހަމަ މަޝްރޫޢެއް ކަމަށް ބެލެވެއެވެ.

Ads by Sosun Fihaara

މި ބަޖެޓުގައި ޒުވާނުންނާއި އަންހެނުންނާއި އަދި ދަނޑުވެރިންނަށް ޚާއްޞަ ސަމާލުކަމެއް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން ގެދޮރު ބިނާކުރުމާއި، ޞިއްޙަތު، ތަޢުލީމު އަދި ވަޒީފާގެ ފުރުޞަތުތައް އިތުރުކުރުމަށް އަމާޒުކޮށްގެން ގިނަ މަޝްރޫޢުތަކެއް ހިމަނާފައިވާކަން ފާހަގަކުރެވެއެވެ.

ބަޖެޓުގައި ހިމެނޭ މުހިންމު ކަންތައްތަކުގެ ތެރޭގައި 3 ކޯޓި ގޭބިސީއަށް ސޯލާ ރޫފްޓޮޕް ސިސްޓަމް ޤާއިމުކުރުމާއި، 2 ކޯޓި އަންހެނުންނަށް ވިޔަފާރި ފެށުމަށް އެހީތެރިވެދިނުމާއި، އަދި ދަނޑުވެރިންނަށް ޚާއްޞަ ލޯނު ސްކީމްތަކެއް ތަޢާރަފުކުރުން ހިމެނެއެވެ.

މި ބަޖެޓަކީ އިންޑިއާގެ އިޤްތިޞާދު ކުރިއެރުވުމަށާއި، އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށް އަމާޒުކޮށްގެން އެކުލަވާލާފައިވާ ބަޖެޓެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިއީ ޤައުމުގެ ކުރިމަގު އުޖާލާކުރުމަށް މަގުފަހިކޮށްދޭނެ ބަޖެޓެއް ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Ads by HDC
  1. ޢަޒްރާ

    ނުކުޅެދޭ މީހުންނާއި ސަލާމް ޖަހާމީހުން އެހާގިނަ އެކަމަކު އެންމެ ކުރިއަރާފަވާ ގައުމު