ޚަބަރު

ރާއްޖޭގައި ޓިކްޓޮކުން ފައިސާ ލިބޭނެ ގޮތް ހަދަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ޓިކްޓޮކް ކޮންޓެންޓަރުންނަށް އެ ޕްލެޓް ފޯމް މެދުވެރިކޮށް ފައިސާ ލިބޭނެ ގޮތް ހަމަޖައްސަން  ސަރުކާރުން މަޝްވަރާތަކެއް ފަށައިފި އެވެ.

Ads by Sosun Fihaara

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ޓިކްޓޮކް 'މަނިޓައިޒް' ކުރުމަށްޓަކައި ރީޖަނަލް އޮފީސްތަކާއި ވާހަކަތައް ދެކެވުންދާ ކަމަށެވެ. އަދި ޗައިނާ ސަރުކާރާ އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"ކުރިއެރުންތަކެއް އެބަދޭ ލިބެމުން، އެކަމަށްޓަކައި (ޓިކްޓޮކް އިން ފައިސާ) ޗައިނާ ސަރުކާރުގެ އެހީތެރިކަމަށްވެސް އެދިގެން މަސައްކަތްކުރަމުން މިދަނީ، ކުރިއެރުންތަކެއް އެބަލިބޭ" މިނިސްޓަރު ވިދާޅުވި އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބައެއް ކޮންޓެންޓުތަކުން ފައިސާ ރިސީވް ކުރެވޭނެ ނިޒާމެއް ނެތީ އެ މީހުންގެ ޕްރިއޯރިޓީ ލިސްޓުގައި ރާއްޖެ ނެތުމުގެ އިތުރުން ރާއްޖޭގެ މާކެޓް ކުޑަވުން ކަމަށެވެ. އެކަމަކު ސަރުކާރުން ކުރި މަސައްކަތުން ވީޗެޓް-ޕޭ ތައާރާފްކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ. އަދި އެހެނިގެން ޕްލެޓްފޯމްތައްވެސް ރާއްޖޭގައި ބޭނުންކުރެވޭނެ މަގު ސަރުކާރުން ހަމަޖައްސަމުންދާ ކަމަށް ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!