ޚަބަރު

ދެވަނަ ދައުރަކަށް އިސީގެ މެމްބަރުކަމަށް އަކްރަމް އައްޔަންކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އެ ކޮމިޝަންގެ މިހާރު ނައިބު ރައީސް އަހުމަދު އަކްރަމް އައްޔަން ކޮށްފިއެވެ.

Ads by STELCO

ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތި ލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން އަކްރަމްގެ ނަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެ ވަޑައިގެންނެވި 72 އަގުލަބިއްޔަތުން މިދިޔަ ހަފްތާގައެވެ.

އޭނާގެ ނަން މަޖިލީހުން ފާސްކޮށްފައި ވަނީ މަޖިލީހުގެ ސުޕަ މެޖޯރިޓީ އަންނަ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އޭނާއަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރެފައި ވަނިކޮށެވެ.

އަކްރަމް އެ މަގާމަށް އައްޔަން ކުރެއްވީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އޭނާ އަށް މަގާމުގެ ހުވައިލައި ދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ދެން ތިއްބެވީ އަކްރަމްގެ އިތުރުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފާއި މެންބަރު އިސްމާއިލް ހަބީބާއި އަލީ ނަޝާތާއި ފުއާދު ތައުފީގެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!