ޚަބަރު

ހުޅުމާލޭގައި ހިންގި ނުތާހިރު ބަދިގޭގައި މަސައްކަތްކުރާ ދެ ބިދޭސީއަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހުޅުމާލޭގައި ބިދޭސީން ހިންގަމުން އައި ނުތާހިރު ބަދިގެ ސާފުކޮށްފައި/ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ވިނަރެސް ފްލެޓުގެ ފަހަތުގައި އޮންނަ އެކޮމޮޑޭޝަން ބްލޮކެއްގައި ނުތާހިރުކޮށް ހިންގަމުން ދިޔަ ބަދިގެއަކުން ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by MWSC

އެނގިފައިވާ ގޮތުން އެ ބަދިގެ އަކީ ވިނަރެސް ފުލެޓުތަކުގައި މަސައްކަތްކުރާ ބިދޭސީންނާއި އެއާޕޯޓުގައި މަސައްކަތް ކުރާ ޗައިނާ މުވައްޒަފުންނަށް ކައްކަން ބޭނުންކުރާ ތަނެވެ. އެތަނުގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުވާން ފަށައި، އާއްމުން ޝަކުވާކުރުމުން މިއަދު ހަވީރު އެޗްޑީސީން ވަނީ އެތަނުގެ ކޮންޓްރެކްޓަރާ ވާހަކަ ދައްކައިގެން އެކަން ހުއްޓުވައި އަދި އެތަން ސާފުކޮށްފަ އެވެ.

މިރޭ އިމިގްރޭޝަނުން އާއްމުކުރި ކުރި ބަޔާނެއްގައި ބުނީ އެ ތަނުގައި ގަވާއިދާ ހިލާފަށް ބިދޭސީން އުޅޭކަމަށް އެ އިދާރާއަށް ލިިބިފައިވާ މައުލޫމާތާ ގުޅިގެން، ޓާސްކޯ ފޯހުން އިއްޔެ އެތަން ބަލާފާސްކޮށްފައިވާ ކަމަށެވެ.

އެ އިދާރާއިން ބުނީ، އެ ތަނަކީ ސާފުތާހިރުކަމަށް އެއްވެސް ސަމާލުކަމެއް ނުދީ، އިޖުތިމާއި މިންގަނޑާއި މުޅިން ހިލާފަށް ބިދޭސީން އެމީހުންގެ ދިރިއުޅުމުގެ ކަންކަމާއި ކެއުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ތަނަކަށްވާތީ، އެކަން މިހާރު ކަމާބެހޭ އިދާރާގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށާއި، ސައްހަ ވިސާއެއް ނެތް 2 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ދަނީ ބޮޑު އޮޕަރޭޝަނެއް ފަށާފަ އެވެ. މިހެން އުޅޭ ބިދޭސީން އެނގޭނަމަ ކާކުކަން ނޭގޭ ގޮތަށް "އިމިގްރޭޝަން ވޮޗް" ގެ ނަމުގައި ޕްލެޓްފޯމެއް ވަނީ އިފްތިތާހުކޮށްފަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!