ލައިފްސްޓައިލް

ސާޑައިންގެ އަތިރިމަތިން ވެލިކޮޅެއް ވަގަށް ނަގައިގެން ފަތުރުވެރިއަކު 1000 ޔޫރޯއިން ޖޫރިމަނާ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ޤައުމުތަަކަށް ޒިޔާރަތްކޮށް، ހަނދާނެއްގެ ގޮތުގައި އެޤައުމުތަކުގެ އަތިރިމަތިން ވެލިކޮޅެއް ނެގުމަކީ ފަތުރުވެރިން ވަރަށް ގިނައިން ކޮށްއުޅޭ ކަމެކެވެ.
ގިނަ ޤައުމުތަކުން މިކަމަކީ ބޮޑު ކަމަކަށް ނުހަދައެވެ. އަދި ހިތުން ރުހުމުން، އަމިއްލައަށް ފުޅިއަކަށް ވެލި އަޅާފައި ހަދިޔާ ކުރާ ޤައުމުތައް މަދެއް ނޫނެވެ.
ނަމަވެސް އިޓަލީގެ ސާޑައިން އެފަދަ ސަހަރުތަކުގެ ލިސްޓުގައި ނުހިމެނެއެވެ. އެތަނުގެ އަތިރިމަތިން ވެލިކޮޅެއް ނެގުމުގެ ކުށުގައި ދާދިފަހުން ފަތުރުވެރިއަކަށް ވަނީ  1000 ޔޫރޯގެ ޖޫރިމަނާއެއް ދައްކަން ޖެހިފައެވެ.

Ads by Sosun Fihaara

އެއްހާސް ޔޫރޯ އަކީ މަދު ފައިސާއެއް ނޫނެވެ. ނަމަވެސް ފްރާންސަށް ނިސްބަތްވާ އެފަތުރުވެރިޔާ އެއަދަދުން ޖޫރިމަނާ ކުރީ ސާޑައިން ގެ އަތިރިމަތިން ޤަވާއިދާއި ޚިލާފަށް ވެލި ނެގި ކަމަށް ބުނެއެވެ.
ސާޑައިންގެ ބަނދަރުތައް ރައްކާތެރިކުރުމާއި ހަވާލުވެގެން ތިބޭ ކަމާއިބެހޭ ފަރާތްތަކުން، ވެލިފުޅިއާއެކު އެމީހާ ފުލުހުންގެ ބެލުމުގެ ދަަށަށް ގެންގޮސްފައިވަނީ އެލްމާސް އެއާޕޯޓުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ސާޑައިންގެ އަތިރިމަތިން ވެލިނެގުމަކީ މަނާކަމެކެވެ. ރިޕޯޓުތަކުން ބުނާގޮތުގައި އެޤަވާއިދާއި ޚިލާފުވާ ކޮންމެ މީހަކަށް އަދަބު ދެއެވެ. އަދި ހުއްދަނެތި އެޤައުމުގެ އަތިރިމަތިން ވެލިނެގުމަކީ ވައްކަން ކުރުން ކަމުގައި ބެލެވި އެކުށުގެ އަދަބަކަށް ބައެއް ފަހަރު، އެއް އަހަރާއި ހަ އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުން ވެސް ހިމެނެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!