ގެއަކުން ޓީވީއަކާއި ސައިކަލެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

މާލޭ، ހެންވޭރު ގެއަކުން ވަގަށް ނެގި ޓީވީއަކާއި ސައިކަލެއް، ފޮރުވާފައި ހުއްޓާ ފުލުހުން ހޯދައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އާދިއްތަ ދުވަހު އެގެއިން ޓީވީއަކާއި އަދި ހަމަ އެ ގެއިން އިއްޔެ ސައިކަލެއް ނަގާފައިވާ ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ، އެ މައްސަލަގާއި 31 އަހަރާއި 32 އަހަރުގެ ދިވެހި 2 ފިރިހެނުން ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި ވަގަށް ނެގި ޓީވީ އާއި ސައިކަލު ގެއެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ހޯދާފައިވާ ކަމަށެވެ.
އެ އިދާރާއިން ބުނީ ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެ މީހުންގެ ބަންދަށް 15 ދުވަސް ޖަހާފައިވާ ކަމަށެވެ.