ޚަބަރު

ހުޅުމާލެ ކާރު އެކްސިޑެންޓް: ހައްޔަރުކުރި މީހުންގެ ވަނަވަރު ހާމަކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އެކްސިޑެންޓުވި ކާރުގައި ތިބި މީހުން

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުމުން، އެ އެކްސިޑެންޓުވި ކާރުން ފިލި ތިން މީހުން ހައްޔަރުކޮށް އެ މީހުން ވަނަވަރު ފުލުހުން ހާމަކޮށްފި އެވެ.

Ads by MWSC

ހައްޔަރުކުރި މީހުންގެ ވަނަވަރު:

  1. މާލެ/ ހ. ނޫރާންމާގެއާގެ، އިކުރާމުއްރަހްމާން
  2. މާލެ/ މ.ލޭންޑްއޮފްގާޑަން، އިބްރާހިމް އިކްރާމް
  3. ގއ. ކަނޑުހުޅުދޫ، އާޒާދުގެ، ޖިނާހު އިސްމާއީލް

ފުލުހުން ބުނީ އެ ތިން މީހުންގެ ތެރެއިން ކާރު ދުއްވީ 25 އަހަރުގެ މީހެއް ކަމަށެވެ. އެކަމަކު އެ މީހާގެ ނަމެއް ނުބުނެ އެވެ.

ވިނަރެސް ފްލެޓް ކައިރީގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓުގެ ސީސީޓީވީ ފުޓޭޖުން މިހާރު ދަނީ ސޯޝަލް މީޑީއާގައި ދައުރުކުރުވަމުންނެވެ.

އެ ވީޑިއޯ އިން ސައިކަލެއްގައި ދުއްވާފައި އަންނަ މީހަކު މަގުގެ އެއް ފަަރާތުގައި މަޑުކޮށްލާ މަންޒަރު ފެނެ އެވެ. ކުޑަ ވަގުތުކޮޅެއް ފަހުން ރަތް ކުލައިގެ ކާރެއް ބާރު ސްޕީޑުގައި އެ މީހާއާ ދިމާލަށް ދުއްވާފައި އަންނަ މަންޒަރު ފެނެ އެވެ. ކޮންޓްރޯލުން ނައްޓާލާފައިވާ އެ ކާރުން ޖެހުމާ އެކު، އެ މީހާ ވިއްސައިގެންދެ އެވެ.

އޭގެ ފަހުގައި ކާރުގައި ތިބި މީހުން ކާރުން ނުކުމެ، އެ ތަން ދޫކޮށްދާ މަންޒަރު ފެނެ އެވެ.

އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލު ރަނގަޅު ވަމުން އަންނަ ހޮސްޕިޓަލުން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!