މުސާރައާއި ބޮޑެތި އަދަދުތައް ބީއެމްއެލް އިންޓަނެޓް ބޭންކިން އަދި ފަވަރައިން ޕްރޮސެސްކުރުން މެދުކަނޑާލައިފި

މުސާރަ އަދި ބޮޑެތި އަދަދުތައް ބީއެމްއެލްގެ އިންޓަނެޓް ބޭންކިން އަދި ފަވަރައިން ޕްރޮސެސްކުރުން މެދުކަނޑާލައިފި އެވެ.
ބީއެމްއެލްގެ ސޯޝަލް މީޑިއާ ހޭންޑަލްތަކުން ކުރި ޕޯސްޓެއްގައި ބުނީ ބޮޑެތި އަދަދުތަކުން ކުރާ ޓްރާންސްފާތަކާއި އަދި ޕޭރޯލް ޕްރޮސެސްކުރަން [email protected] އަށް މެއިލް ކުރުމަށް އެދޭ ކަމަށެވެ.
މި ހިދުމަތްތައް މެދުކަނޑާލި ސަބަބެއް އެ ބޭންކުން ނުބުނެ އެވެ.
ބޭންކުން އެ ހިދުމަތަށް މިފަދަ ބަދަލެއް މި ގެނައީ ލިލީ ބީޗު ރިސޯޓުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުންގެ އެކައުންޓަށް މުސާރައިގެ ގޮތުގައި މި މަހު 77 ބިލިއަން ޑޮލަރު ޖަމާކޮށްދެވިފައި ވަނިކޮށެވެ. އެހެންވީ، މުސާރައިގެ އަދަދުގެ ގޮތުގައި އެކައުންޓު ނަންބަރު ޖެހުމުގެ ސަބަބުންނެވެ.
ބެލެވެނީ މި ބަދަލު މި ގެނައީ ވެސް އެ މައްސަލައާ ހުރެ ކަމެވެ.
އެ މައްސަލާގައި ބީއެމްއެލްއަށް މާލީ ގޮތުން އެއްވެސް ގެއްލުމެއް ނުވާ ކަމުގެ ޔަގީން ކަން ވެސް ބޭންކުން އޭރު ދީފައިވެ އެވެ.