ޚަބަރު

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ޑްރަގް އޮޕަރޭޝަނެއް ހިންގާތީ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ ރޯކޮށްލާފައި / ފޮޓޯ: ފުލުހުން

ނ. ހެނބަދޫގައި ގައި މަސްތުވާތަކެއްޗާއި ދެކޮޅަށް އޮޕަރޭޝަނެއް ހިންގަމުންދާތީވެ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް އިންޒާރުދީ، ފުލުހެއްގެ ސައިކަލުގައި ރޯކޮށްލި މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހެއްގެ ސައިކަލުގައި ރޯކޮށްލީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. އެކަމެއް ކުރިކަމަށްވަނީ ޑްރަގުގެ ތުހުމަތު ކުރެވޭ ބަޔެކެވެ.

އިތުރު ތަފްސީލު ހިއްސާކުރަމުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، ސައިކަލުގައި ރޯކޮށްލި މައްސަލައިގެ ތުހުމަތުގައި ކޯޓު އަމުރުގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެއީ 33 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ.

ފުލުހުން ބުނީ، އެ ދެ މީހުން ވަނީ ފުލުހުންގެ އާއިލާތަކަށާއި މުދަލަށް ގެއްލުންދޭން ކަމުގެ އިންޒާރު ދީފައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!