އޮޅުވެލި ރިސޯޓުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
އޮޅުވެލި ބީޗް އެންޑް ރިސޯޓުގައި ލަންކާ މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ އޮޅުވެލި ބީޗް އެންޑް ސްޕާގެ މުވައްޒަފަކު ނިޔާވެފައި އޮއްވާ ފެނިފައިވާ މައްސަލަ މިއަދު ގެ ވަގުތެއްގައި ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ.
އެމީހާ ފެނިފައިވަނީ ދިރިއުޅޭ ކޮޓަރީގައި ނިޔާވެފައި އޮއްވާކަމަށާއި އެމީހާ އަކީ ސްރީލަންކާ އަށް ނިސްބަތްވާ 53 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ.
މިކަމާއިގުޅޭ އިތުރު މަޢުލޫމާތެއް ފުލުުން ހާމައެއް ނުކުރެއެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް ފުލުހުން ބުނެފައިވެއެވެ.
Ads by Allied Insurance