ޚަބަރު އިޖުތިމާޢީ

މަސްވެރިކަން ރަނގަޅުވާން ފަށައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މިފްކޯގެ ބޯޓަކަށް މަސް ކިރަނީ: މަސްވެރިކަން ދަށްވުމަށްފަހު މަޑުމަޑުން ރަނގަޅުވަމުން އަންނަ އެ ކުންފުނިން ވަނީ ބުނެފައި / ފޮޓޯ:މިފްކޯ

ރާއްޖޭގެ މަސްވެރިކަން ދަށްވުމަށްފަހު މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން ބުނެފި އެވެ.

Ads by Sosun Fihaara

މި ދޭތެރެއިން މަސްވެރިކަން ވަރަށް ބޮޑަށް ދަށްވި އެވެ. އެކަމާ ގުޅިގެން މަސް ލިބުން ތަދުވެ، މަހުން އުފައްދާ އުފެއްދުންތަކުގެ އަގުތައް ވެސް އުފުލުނެވެ.

މިފްކޯގެ މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މާލެ ސަރަހައްދުގައި މަސްވެރިކަން ރަނގަޅުވަމުން އަންނަ ކަމަށެވެ. މިފްކޯގެ ބޯޓު ރަންދި-20 އަށް މާލެ ކައިރީގައި މިއަދު މަސްކިރާނެ އެވެ.

އަދި ލ. އަދި ތ. އަތޮޅާ ދެމެދު މަސްވެރިކަން ރަނގަޅެވެ. އެހެންނަމަވެސް ދެކުނުގެ މަސްވެރިކަން ރަނގަޅުވާނެ ކަމަށް މަސްވެރިން ލަފާކުރަނީ އަންނަ ހަފުތާއިން ފެށިގެންނެވެ.

މިފްކޯއިން ބުނި ގޮތުގައި ރަންދި-23 އޮތީ މިހާރު މ. އަތޮޅުގައި މަސްކިރާށެވެ.

މިފްކޯގެ މީޑިއާ އޮފިޝަލް "ދެން އޮންލައިން" އަށް ވިދާޅުވީ އިއްޔެ މ. އަތޮޅު މަޑުއްވަރި އާއި މުލަކާ ދިމާލުން 27.4 ޓަނުގެ މަސްކިރުވާފައިވާ ކަމަށެވެ. އެއީ 11 ދޯންޏަކުން މިފްކޯގެ ބޯޓަށް ކިރުވި މަހެވެ.

އެ ކުންފުނީގެ މަހާކަލަމިންޖާ މިއަދު އެ ސަރަަހައްދަށް ފުރާނެ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!