ޚަބަރު

މުޑުދާރު ތަނެއްގައި ފިހާރަތަކުން ގަންނަ ކާބޯތަކެތި ތައްޔާރުކުރަމުން ދިޔަ ބިދޭސީންތަކެއް އަތުލައިގަނެފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ވީރާނާވެފައި ހުރި ގެއެއްގައި ކާތަކެތި ތައްޔާރުކުރަނީ/ ފޮޓޯ: އިމިގްރޭޝަން

ވީރާނާވެފައިވާ ގެއެއްގައި ކާތަަކެތި ތައްޔާރުކުރަމުން ދިޔަ ތިން ބިދޭސީއަކު އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

Ads by STELCO

އިމިގްރޭޝަންގެ ބެލުމުގެ ދަށަށް އެ ތިން މީހުން ގެންގޮސްފައިވަނީ ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީއިން ޑީޕޯޓްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ހޯމް މިނިސްޓްރީއާ ގުޅިގެން އިމިގްރޭޝަނުން ކުރިއަށް ގެންދާ ދަނޑިވަޅެއްގައި މިއަދު ހެނދުނެވެ.

އެ މީހުން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިއުމާ ގުޅިގެން އިމިގްރޭޝަނުން ބުނީ ދިރިނޫޅެވޭ ވަރަށް ބާވެ, ވީރާނާވެފައިވާ ގެއެއްގައި ވިޔަފާރިއަށް އެކި ކަހަލަ ކާބޯތަކެތި ތައްޔާރުކުރަމުންދާ މައްސަލައަކާ ބެހޭގޮތުން "އިމިގްރޭޝަން ވޮޗް" އަށް ލިބިފައިވާ ރިޕޯޓަކާ ގުޅިގެން ކަމަށެވެ.

އިމިގްރޭޝަނުން ބުނީ އެ ރެއިޑުގައި ގިނަ އަދަދަކަށް އާންމުން ފިހާރަތަކުން ގަނެއުޅޭ ކާބޯތަކެތި ފެނިފައިވާތީ އެކަންކަމާބެހޭ އިދާރާތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމަށެވެ.

އިމިގްރޭޝަނުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި ތެލުލި ފަތާއި ޖަބުލާނީއާއި ކުދި ގުޅަ އަދި އަތު ޖެހި ފަދަ ތަކެތި އެތަނުގައި ހުއްޓެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!