މިސްކިތުން ފައިވާން ވަގަށް ގެންދަނިކޮށް ހުއްޓުވުމުން ވަޅިން ބިރުދައްކައިފި

މާލޭ ފުރުގާން މިސްކިތުން ފައިވާން ވަގަށް ނަގައި، އެ ސަރަހައްދުގައި ހުރި މީހަކަށް ވަޅިން ބިރުދައްކައި އިންޒާރު ދިން މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ މައްސަލާގައި ހައްޔަރުކުރީ ފެހިއަލި، ހއ. ހޯރަފުށީ، މުހައްމަދު ޝަރީފް (32އ) ކަމަށެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވީ އޭނާ ބިރު ދެއްކި ފައިވާން ނަގައިގެން ދަނިކޮށް ހުއްޓުވި މީހަކަށް ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.