ޚަބަރު ވިޔަފާރި

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް: ރާއްޖެއާއި ގަތަރާއި ދެމެދު ކާމިޔާބުކަމާއެކު ނިންމާލައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އުރީދޫ ނޭޝަނަލް ގްލޯބަލް ފޭސް އޮފް ވަނީ ނިންމާލާފައި

އުރީދޫ މޯލްޑިވްސްގެ ފުރަތަމަ ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތް ކަމަށްވާ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް ކާމިޔާބުކަމާއެކު ނިންމާލިކަން އިއުލާނުކޮށްފި އެވެ.

Ads by Sosun Fihaara

ރާއްޖެ އާއި ގަތަރުގެ ހުނަރުވެރި ގޭމަރުންގެ މެދުގައި ރޮކެޓްލީގުގެ ވަރުގަދަ ވާދަވެރިކަން ދައްކުވައިދިން މި އިވެންޓް ނިމިގެން ދިޔައީ ހިތްގައިމު ފިނާލޭއަކާއެކު އެވެ. މި މުބާރާތް ކާމިޔާބު ކުރި ގަތަރުގެ ޓީމުންނެވެ.

މިމަހުގެ 8 އިން 10 އަށް ކުރިއަށް ގެންދިޔަ އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް އަކީ އުރީދޫ ނޭޝަން މޯލްޑިވްސް އިން ބައިނަލްއަގްވާމީ އީސްޕޯޓްސް ދާއިރާއަށް ތައާރަފްވި ފުރަތަމަ މަސައްކަތެވެ. މި މުބާރާތުގައި 1،919 ޑޮލަރުގެ އިނާމު ޕޫލަކާއެކު ކުރިއަށް ގެންގޮސްފައިވާއިރު، މި ސަރަހައްދުގެ ގޭމިން ކޮމިއުނިޓީއަށް މިފަދަ ފުރުސަތުތައް ހޯދައިދިނުމުގައި އަބަދުވެސް އުރީދޫއިން ދަނީ މަސައްކަތް ކުރަމުންނެވެ.

ރޮކެޓް ލީގުގެ ފޯމެޓްގައި ދެ ގައުމުގެ ގޭމަރުން ވަނީ ވަރުގަދަ ކުޅުމެއް ދައްކައިފަ އެވެ. މުޅި އިވެންޓް އުރީދޫ ނޭޝަން ޔޫޓިއުބް ޗެނަލްއިން ލައިވްސްޓްރީމްކޮށް، ރާއްޖެ އާއި ގަތަރުގެ ގޭމިން ކޮމިއުނިޓީގެ ތެރޭގައި ހުރި ހުނަރާއި ދައްކުވައިދިނެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް އެކްސެކެޓިވް އޮފިސަރު ހާލިދު އަލް ހަމާދީ ވިދާޅުވީ މި މުބާރާތަކީ މުސްތަގުބަލުގައި ބައިނަލްއަގްވާމީ އީސްޕޯޓްސް މުބާރާތްތައް ބޭއްވުމަށް މަގު ފަހިކޮށްދިން މުބާރާތެއް ކަމަށާއި ޑިޖިޓަލް ކުޅިވަރުތަކުގައި ދުނިޔެއާ ކުރިމަތިލާން ރާއްޖެ އޮތީ ތައްޔާރަށްކަން ދައްކުވައިދީފައިވާ ކަމަށެވެ.

"އަދި ގޭމް ކުޅޭ ކުޅުންތެރިންނަށް މިފަދަ ޕްލެޓްފޯމެއް ފަހިކޮށްދީ، ރާއްޖެއާއި ގަތަރާ ދެމެދު އިތުރަށް ގުޅުން ބަދަހިކުރެވިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް"

އުރީދޫ ނޭޝަން ގްލޯބަލް ފޭސްއޮފް އަކީ ވަރަށް ބޮޑު ކާމިޔާބީއެއް ހޯދި ހުރިހާ ބައިވެރިންނާއި ސަޕޯޓަރުންނާއި ޕާޓްނަރުންނަށް އުރީދޫ މޯލްޑިވްސް އިން ޝުކުރު އަދާކުރެ އެވެ. އީސްޕޯޓްސް ކޮމިއުނިޓީއާއެކު އުރީދޫ ނޭޝަން ވަރަށް ގާތުން މަސައްކަތްކުރަމުންދާއިރު މިއަހަރުވެސް އަދި ގިނަ މުބާރާތްތައް ރޭވިފައިވާކަން އުރީދޫއިން ފާހަގަ ކުރެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!