ޚަބަރު

ފުލުހުން ވަނުމުން ބަނގުރާ ފުޅިތައް މަގުމައްޗަށް އުކާލައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޯޓު އަމުރަކާ އެކު، މާލޭގެ ގެއެއް ފާސްކުރަން ފުލުހުން މިރޭ ވަނުމާ އެކު، އެ ގޭގެ ބެލްކަނިން މަގުމައްޗަށް ބަނގުރާފުޅިތަކެއް އުކާލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

Ads by Hajj Corporation

ފުލުހުން ބުނީ މާފަންނުގައި ހުރި އެ ގެ އަށް މިރޭ 7:22 ހާއިރު ފުލުހުން ވަނީ ލިބުނު އިންޓެލް މައުލޫމާތުތަކާ ގުޅިގެން، އެ ގެ ފާސްކުރުމަށާއި އެ ވަގުތު، ބެލްކަނީގައި ހުރި މީހަކު ވަނީ ބަނގުރާ ފުޅިތައް މަގުމައްޗަށް އުކާލާފައި ކަމަށެވެ.

އެ ގެ ބަލައި ފާސްކޮށް، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކާ އެކު ހަތަރު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ދެ ދަޅު ބަނގުރަލާއި ބަނގުރާ ފުޅިއަކާއި މަސްތުވާތަކެތި އަޅާފައި ހުރި ކަމަށް ބެލެވޭ ދެ ތެޔޮ ޕީސްގެ އިތުރުން ފަސް ރަބަރު ޕެކެޓު ފެނުނު ކަމަށް ފުލުހުން ބުނެ އެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މަސްތުވާތަކެއްޗާ އެކު ހަތަރު ފިރިހެނަކު ހައްޔަރުކުރިއިރު ފުލުހުން ވަނީ އާ އަހަރާ ދިމާކޮށް ހާއްސަ އޮޕަރޭޝަނެއް ފަށައިފަ އެވެ. މި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، ޝައްކު ކުރެވޭ ތަންތަން ފާސްކޮށް، ޝައްކު ކުރެވޭ މީހުންނާ ސުވާލުކޮށް އަދި މަގުމަތީގައި ޓްރެފިކް ބެލެހެއްޓުން ކުރިއަށް ވުރެ ވަނީ ވަރުގަދަ ކޮށްފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!