ދުނިޔެ

އިޒްރޭލުގެ ރަހުމްކުޑަކަން އިންތިހާއަށް: ފަލަސްތީނު މީހުން މަރާ، މަރުވި މީހުންގެ ހަށިގަނޑުތައް ވެސް ނުދިން!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަޅުގަނޑުމެންގެ ލޮބުވެތި ފަލަސްތީނުގެ އަޚުންނާއި އުޚްތުންނަށް އިޒްރޭލުގެ ޔަހޫދީން ދެމުން އަންނަ އަނިޔާތައް ދުވަހުން ދުވަހަކަށް މިދަނީ އިތުރުވަމުންނެވެ.

Ads by Sosun Fihaara

އެތައް އަހަރެއް ވަންދެން ފަލަސްތީނުގެ އަނބިދަރިންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ، އެތަކެއް އަނިޔާއެއްދީ، އެތައް ބަޔަކު ގަތުލު ކުރަމުންދާއިރު ދުނިޔޭގެ ގިނަ ގައުމުތަކެއް ތިބީ ނިދާފައެވެ. އެމީހުންނަށް މިކަމާއި އެއްވެސް އަސަރެއް ވެސް ނުކުރާ ފަދައެވެ.

ިއިޒްރޭލުން ފަލަސްތީނަށް ދޭ އަނިޔާތައް ‘’ކުޑަވެގެން’’ މިހާރު އެނުބައި ޖާހިލުން ވަނީ އެމީހުން ގަތުލުކުރާ ފަލަސްތީނު ރައްޔިތުންގެ ހަށިގަނޑުވެސް ނުދޭން ނިންމާފައެވެ.

މިނިންމުން ނިންމާފައިވަނީ މިދިޔަ ބުދަ ދުވަހު އިޒްރޭލުގެ ޤާނޫނު ހަދާ ކެބިނެޓުންނެވެ. އަދި އިޒްރޭލުގެ ޑިފެންސް މިނިސްޓަރ ބެނީ ގެންޓްސް ވަނީ މިނިންމުމަށް ތާއީދުކޮށް އަތްޖަހާފައެވެ.

ފަލަސްތީނުންނަކީ ޓެރަރިސްޓުން ކަމަށް ބުނެ ބެނީ ބުނެފައިވަނީ ހަށިގަނޑު ނުދޭން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި އެއީ ހަމާސް އިން 2014 ވަނަ އަހަރު އިޒްރޭލު ފުލުހުންގެ ދެ އޮފިސަރުން ހިފެހެއްޓުމުން އޭގެ ބަދަލެއްގެ ގޮތުގައި ކުރާ ކަމެއް ކަމަށެވެ.

ބެނީ އެހެން ބުނެފައިވާއިރު، އެއަހަރު އިޒްރޭލުން ވަނީ 2000 އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ގަތުލު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!