ފިރިހެނުން ސްކިނީ ޖީންސް ލީމަ ވަރަށް ހަޑި: ޝާހުރުކް ޚާން

2008 ވަނަ އަހަރުން ފެށިގެން ސްކިނީ ޖީންސް ނުވަތަ ފަޔަށް ބާރުކޮށް ހުންނަ ޖީންސް ވަނީ ގިނަ ބައެއްގެ މެދުގައި ޓްރެންޑަކަށް ވެގެން ގޮސްފައެވެ. އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދިން ވެސް ސްކިނީ ޖީންސް ލައި އުޅުނުތަން ފެނެއެވެ. ގިނަ ބަޔަކަށް މިކަން ވެގެން ދިޔައީ ވަރަށް ކަމުދާ ޓްރެންޑެއްގެ ގޮތުގައެވެ.
ނަމަވެސް ދުނިޔޭގެ އެތައް މިލިއަން މީހުނެއް ފޮލޯކުރާ އަދި އެތަރިއެއްގެ ފެޝަންތަކަށް ލޯބިކުރާ ބޮލީވުޑު ސުޕަސްޓާރު ޝާހުރުކް ޚާނަށް ސްކިނީ ޖީންސް އަށް ވުރެ ފޫހިވާ އިތުރު ފެޝަނެއް ނުވާ ކަމަށް އޭނާ ވަނީ ދާދި ފަހުން ބުނެފައެވެ.
ޝާހްރުކް ކައިރީ ދުވަހަކުވެސް ނުލާނެ އެއްޗަކީ ކޮބައިތޯ ކުރެވުނު ސުވާލަށް ޖަވާބުދެމުން ޝާހްރުކް ބުނެފައިވަނީ ދުވަހަކު ވެސް ސްކިނީ ޖީންސް ނުލާނެ ކަމަށެވެ. އަދި އެއީ އޭނާ އަށް އެންމެ ހަޑި އަދި ގަޔާނުވާ ޓްރެންޑު ކަމުގައި ޝާހުރުކް ވަނީ ބުނެފައިވެއެވެ.
މީހަކަށް ދެރަކޮށް ބުނާ އެއްޗެއް ނޫން ކަން ފާހަގަކޮށް، ޝާހުރުކް ބުނެފައިވަނީ ފިރިހެނުން އެންމެ ރީތީ ދޫކޮށް ހުންނަ ޖީންސް ލުމުން ކަމަށެވެ.