ޚަބަރު

ކުޅުދުއްފުށި ސިޓީގެ 6 ގޮނޑީގެ ތެރެއިން 2 ގޮނޑި އަންހެނުންނަށް

ދެން އެމްވީ ، ދެން އޮންލައިން

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ހދ. ކުޅުދުއްފުށި ސިޓީގެ ކައުންސިލަށް އިންތިހާބުކުރާ ހަ ދާއިރާގެ ގޮނޑީގެ ތެރެއިން ދެ ދާއިރާގެ ގޮނޑި އަންހެނުންނަށް ހާއްސަ ކުރުމަށް ނިންމައިފި އެވެ.

Ads by MWSC

ލާމަރުކަޒީ ގާނޫނޫގެ ދަށުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ކުޅުދުއްފުއްޓަށް ސިޓީ އެއްގެ ދަރަޖަ ދެއްވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބް ރައީސް އަހުމަދު އަކްރަމް ރޭ ވިދާޅުވީ ކުޅުދުއްފުށި ސިޓީ ކައުންސިލަށް ހަތް މެންބަރުން އިންތިހާބުކުރާނެ ކަމަށާއި އެއީ މޭޔަރާއެކު ހަ ކައުންސިލަރުން ކަމަށެވެ. ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ހަ ދާއިރާގެ ތެރެއިން ދެ ދާއިރާ ހާއްސަ ކުރަނީ އަންހެނުންނަށް ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން 10،000 އާއި 30،000 އާ ދެމެދުގެ އާބާދީގެ ސިޓީ ކައުންސިލްތަކަށް އިންތިހާބު ކުރާނީ ހަތް ކައުންސިލަރުންނެވެ. ކުޅުދުއްފުށީގެ އާބާދީއަކީ މިހާރު ގާތްގަނޑަކަށް 10،000 އެވެ. ގާނޫނުގައިވާ ގޮތުން ސިޓީގެ ދަރަޖަ ލިބެނީ މަދުވެގެން އެ ކައުންސިލެއްގައި ހިމެނޭ ރަށެއް ނުވަތަ ރަށްތަކެއްގެ އާބާދީގައި 10،000 ހަމަވުމުންނެވެ. ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ދޭން ރައީސް ނިންމެވީ މިއަދުއެވެ.

ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ އިތުރުން މާލެ ސިޓީގައި އިންތިހާބު ކުރާ ދާއިރާތައް އީސީން މިހާރު ވަނީ ކަނޑައަޅާފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!