ޚަބަރު

އެމްޑީޕީގެ ޗެއަރޕާސަން ޙަސަން ލަތީފު ވެސް ފައްޔާޒާ ދެކޮޅަށް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލްގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި އެމްޑީޕީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ހަސަން ލަތީފު ސޮއިކުރައްވައިފިއެވެ.

Ads by STELCO

"ސަންގު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހަސަން ލަތީފު ވަނީ ފައްޔާޒާ ދެކޮޅަށް ހުށަހަޅާ ފެޓިޝަނުގައި ސޮއި ކުރައްވާފައެވެ. އަދި މި ޕެޓިޝަނުގައި 30 ސޮއި ހަމަވެފައިވަނީ ވެސް ލަތީފް ގެ ސޮޔާއެކުގައި ކަމަށެވެ.

ރައީސް ނަޝީދު އިސްކޮށް ހުންނަވައި އިކޮނޮމިކް މިނިސްޓަރުގެ މަގާމުގައި ހުންނެވި ފައްޔާޒް އިސްމާއިލް ގެ އިތުބާރު ނެތް ކަމުގައި މައްސަލަ ނެގުމުގެ މަސައްކަތް ކުރަމުން އަންނައިރު މިހާތަނަށް އެމްޑީޕީގެ 30 މެންބަރުންގެ ސޮއި ލިބިފައިވާ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި 35 މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން ފާހަގަކޮށް، އެ އަދަދަށް ސޮއި ހަމަވުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއަށާއިި އެމްޑީޕީގެ ގައުމީ މަޖިލީހަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދާއި ލަތީފް ފަދަ އެމްޑީޕީގެ އިސް ބޭފުޅުން ފައްޔާޒާ ދެކޮޅަށް ތެދުވި ނަމަވެސް އެ ޕާޓީގެ އެންމެ އިިސް ލީޑަރު ރައީސް އިބްރާޙިމް މުޙައްމަދު ޞާލިހުވަނީ ފައްޔާޒަށް އިތުބާރުކުރައްވާ ކަމަށާއި ފައްޔާޒު ދިފާއުކޮށްދެވެން އޮތް ހުރިހާ ގޮތަކަށް މަސައްކަތް ކޮށްދެއްވާނެކަމަށް މީގެ ކުރިން ވިދާޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!