ޚަބަރު ސަރުކާރު

ގަވާއިދަށް ފެއްތެންދެން ވެހިކަލްތައް ޕާކުކުރަން ހުޅުމާލެއިން ބިމެއް

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވެހިކަލްތައް ވަގުތީ ގޮތުން ޕާކު ކުރަން ހުޅުމާލެއިން ހަމަޖެއްސި ބިން

މާލެ ސަރަހައްދުގައި ނުގަވާއިދުން ހުރި ވެހިކަލްތައް ގަވާއިދަށް ފެއްތެންދެން ވަގުތީ ގޮތުން ޕާކު ކުރަން ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސައިފި އެވެ.

Ads by STELCO

ދަތުރުފަތުރާއި ބެހޭ ވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު މުހައްމަދު އަމީން ވިދާޅުވީ ގަވާއިދާއި ހިލާފަށް ބޭނުންކުރާ ވެހިކަލްތައް މާލޭގައި ގިނަ ވެފައިވާ ކަމަށާއި މިކަން މިގޮތަށް ހިނގާފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ފުރުސަތު ދީފައި އޮތުމުން ކަމަށެވެ. އެހެންވެ މިމައްސަލަ ކުއްލިއަކަށް ހައްލު ކުރުމަށް ގޮންޖެހުންތަކެއް އެބަ ހުރިކަމަށް ވަޒީރު ވިދާޅުވި އެވެ.

ގަވާއިދަށް ނުފެތޭގޮތަށް ހުރި އުޅަނދުތައް ގަވާއިދަށް ފެއްތުމަށް މިހާރު ވަނީ މުއްދަތެއް ދީފަ އެވެ. އަދި އެމުއްދަތު ހަމަވަންދެން އެފަދަ އުޅަނދުތައް ޕާކު ކޮށްފައި ބަހައްޓާނެ ޖާގައެއް ހުޅުމާލެ ދެވަނަ ފިޔަވަހިން ހަމަޖައްސާފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ދަތުރުފަތުރާ ބެހޭ ވަޒީރު އަމީން، އަދި އެޗްޑީސީގެ މެނޭޖިންގް ޑިރެކްޓަރު ފަޒުލް

މިމަސައްކަތަކީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނު އެދިވަޑައިގެންފައިވާ ގޮތެއް ކަމަށް ވަޒީރު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ވަޒީރު ވިދާޅުވީ މިއަދު ނެރޭ އިއުލާނެއްގައި އެކަން އަންގާނެ ކަމަށެވެ. އަދި ގަވާއިދާއި ހިލާފަށް ބޭނުންކުރާ ވެހިކަލްތަކުގެ ވެރިފަރާތްތަކުން އެ އުޅަނދުތައް ދީފައި އޮތް ޖާގައިގައި ޕާކު ކުރަން ފުރުސަތު ދޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

ވެހިކަލްތައް ހުޅުމާލެއަށް ގެންދަން ދޭނީ 40 ދުވަހުގެ މުއްދަތެކެވެ. އަދި އެއަށްފަހު ގަވާއިދަށް ފެއްތުމަށް ހަ މަސް ދުވަހުގެ މުއްދަތެއް ދޭނެ ކަމަށާއި އެ ހަ މަސްދުވަހު ވަގުތީ ގޮތުން ވެހިކަލްތައް އެ ޖާގައިގައި ޕާކު ކޮށްފައި ބެހެއްޓޭނެ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފަ އެވެ.

"މި ތަނަށް ގެނެސް ބެހެއްޓީމައި މާލެ ސަރައްހައްދުގައި އާންމު ރައްޔިތުން ބޭނުން ކުރަން އޮތް މަގާއި ދުއްވަން އޮތް ތަނަށް ވެސް ހެޔޮ ބަދަލެއް އަންނާނެ،"

ހުޅުމާލެ ދެވަނަ ފިޔަވަހިން ވަގުތީ ޕާކިންއަށް ހާއްސަކުރީ 40،000 އަކަފޫޓުގެ ބިމެކެވެ. އެތަނުގައި ހަތަރު ފުޅޮޅުޅީ 200 އުޅަނދު ޕާކުކޮށްފައި ބެހެއްޓޭނެ އެވެ. އަމީން ވިދާޅުވީ އެތަން ބަލަހައްޓާނީ ފުލުހުން ކަމަށެވެ.

Ads by Allied Insurance
  1. ފާޑު

    ނިކަމެތި މީހާގެހައްގެއް މަގު މަތީގަ ނޯންނާނެ. ޟުއްސަދީންގެ ވެހިކަލް ތަކުން މަގުތައް ދަބައްވެ ދާއިރު ވެސް ހަމަ އެންމެ ރަގަޅު ނިކަމެތި މީހާ ލޯނު ނަގައިގެން ވެހިކަލެއް ގެނައިމާ ލޫޓު ވާން އުުޅޭ ޢުޅުމައް ކިޔާނީި ކީކޭތޯ ނިކަމެތި މީހާއައް ވެހިކަލެއްގެ މަތީ އިށީދެ އިނުމުގެ ހައްގުވެސް ހަމަނެތީތޯ
    ތިދެން ފުކެއް ބޮޑުވަރު