ތަމަޅަ އެކްޓަރު ޖަޔަޕްރަކާޝް ރެއްޑީ ގަރޫ މަރުވެއްޖެ

ތަމަޅަ ފިލްމްތަކުން ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ޖަޔަޕްރަކާޝް ރެއްޑީ ގަރޫ މަރުވެއްޖެއެވެ. މަރުވިއިރު އޭނާގެ އުމުރަކީ 74 އަހަރެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި ޖަޔަޕްރަކާޝް މަރުވެފައިވަނީ ހާޓް އެޓޭކެއް ޖެހިގެންނެވެ.
ޖަޔަޕްރަކާޝް އަކީ ކެރެކްޓާ ފިލްމްތަކުގެ އިތުރުން ކޮމެޑީ ގިނަ ފިިލްމުތަކެއް ކުޅެ ގިނަ ބައެއްގެ ހިތުން ޖާގަ ހޯދި ފަންނާނެކެވެ.
ބްރަހްމަޕުތްރުދޫ އިން ފިލްމީ ހަޔާތް ފެށި ޖަޔަޕްރަކާޝް ވަނީ ޕްރިމިންޗުކުންޑަމް ރާ، ގައްބަރް ސިންގު، ޗެންނަކެޝާވަރައްދީ، ސީތައްޔާ އަދި ޓެމްޕަރ ފަދަ ގިނަ މަގުބޫލު ތަމަޅަ ފިލްމުތަކަކުން ފެނިގެން ގޮސްފައެވެ.
ޖަޔަޕްރަކާޝް ގެ މަރާ ގުޅިގެން ތަމަޅަ ފިލްމްސްޓާރުންގެ އިތުރުން ބޮލީވުޑުގެ ތަރިން ވެސް އަންނަނީ ހިތާމަ ފާޅުކުރަމުންނެވެ.