ޚަބަރު

ސަފީރުންނަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން: ޝަހީމް

ޖަޒްލާ މުޙައްމަދު ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޝަހީމް: / ފޮޓޯ:ދެން އިމޭޖެސް

ދިވެހިރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ސަފީރުންނާ އެ ސަފީރުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދު  މިއަދު ވިދާޅުވެއްޖެ އެވެ.

Ads by Hajj Corporation

މިނިސްޓަރު ޝަހީމް އެހެން ވިދާޅުވީ އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެކަމާއި ދެކޮޅަށް ރާއްޖޭގައި ހުންނަ ބޭރުގެ އެމްބަސީތަކާއި ޑިޕޮލޮމެޓިކް މިޝަންގެ އިތުރުން ސަފީރުންގެ ގެކޮޅު ދޮށަށް އެއްވެސް އަޑުއުފުލަމުން ދިޔަ ދެ އަންހެނަކު ހައްޔަރުކުރި މައްސަލަ އަށް އިޝާރާތް ކުރައްވަ އެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައިިވަނީ ޑރ. ޝަޒުރާ އިބްރާހިމް އާއި އާއިޝަތު ޝާދިޔާ އެވެ.

އެކްސް ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ އެތަށް ދުވަހެއް ވަންދެން ވަކި ސަފީރެއްގެ ގޭދޮށުގައި އަޑުގަދަކޮށް ރާއްޖެއިން ފައިބަން ގޮވައި އެބޭފުޅާއާއި އާއިލާއަށް ބިރު ދެއްކުމަކީ އިންސާފެއް ނޫން ކަމަށެވެ.

"ރާއްޖޭގައި އުޅުއްވާ ސަފީރުންނާއި އެބޭފުޅުންގެ އާއިލާތަކަށް ގޯނާ ކުރުމަކީ ފަލަސްތީނަށް ނަސްރު ދިނުމެއް ނޫން" ޝަހީމްގެ ޕޯސްޓުގައި ވިދާޅުވި އެވެ.

ސަފީރުންނަށް ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި އަންހެނުން އަޑު އުފުލާފައިވަނީ އިނގިރޭސިވިލާތުގެ އެމްބަސީ އާއި ޖަރުމަން އެމްބަސީ އާއި ރާއްޖޭގައި ޔޫއެން އޮފީސް ދޮށުގަ އެވެ. އިނގިރޭސިވިލާތު އެމްބަސަޑަރު އަދި ސައުދީ އެމްބަސެޑަރު ހުންނަވާ ގެކޮޅު ކައިރީވެސް އެ މީހުން އިހުތިޖާޖުކޮށް އަޑުއުފުލި އެވެ.

އެ ދެ މީހުން ދޫކޮށްލަން ގޮވާލާ އަދާލަތު ޕާޓީން ވަނީ ބަޔާނެއްވެސް ނެރެފަ އެވެ. އެ ޕާޓީގެ ރައީސް ޝޭހް އިމްރާން އަބްދުﷲ ވިދާޅުވީ އެ ދެ އަންހެނުން ހައްޔަރުކުރުމަކީ ފަލަސްތީން ގަޒިއްޔާއާއި މެދު މި ސަރުކާރުގެ ފަރުވާލެއް ނެތްކަން ރަމްޒްކޮށްދޭ ނާތަހުޒީބު ފިނޑި އަމަލެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!