ވިޔަފާރި

ރިޒާވް ރަނގަޅުކުރަން ކުރަން އިންޑިއާއެކު 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވަޕެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ރަސްމީ ރިޒާވް ރަނގަޅު ކުރަން އިންޑިއާއެކު ކަރަންސީ ސްވަޕް އެގްރީމެންޓަކަށް ދާން ތައްޔާރުވެފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

Ads by MWSC

އެމްއެމްއޭއިން މިކަން ހާމަކޮށްފައިވަނީ ހޮންކޮންގްގެ ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް އިން ރާއްޖޭގެ ރޭޓިން "ސީސީސީ ޕްލަސް" އިން "ސީސީ" އަށް ދަށްކުރުމާ ގުޅިގެން, ރޭޓިން މަތިކުރަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތައް ހާމަކޮށް ނެރުނު ބަޔާނެއްގައެވެ.

އެމްއެމްއޭއިން ބުނީ ސާކް ފްރޭމްވޯކްގެ ދަށުން, ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމުކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، މި އެރޭންޖްމަންޓްގައި ސޮއި ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އިންޑިއާއެކު މީގެ ކުރިން ވެސް ރާއްޖެއިން ކަރަންސީ ސްވަޕް އެގްރީމެންޓްތައް ހަދާފައިވެއެވެ.

2019 އަހަރު 400 މިލިއަން ޑޮލަރުގެ ސްވޮޕެއް އަދި 2022ވަނަ އަހަރު 200 މިލިއަން ޑޮލަރުގެ ސްވޮޕެއް ރާއްޖެއިން ވަނީ އިންޑިއާއިން ނަގާފައެވެ.

ފިޗްގެ ރޭޓިން ދަށްކުރުމަށްފަހު ރޭޓިން މަތި ކުރަން ދިން އިރުޝާދުގައި ވެސް ކަރަންސީ ސްވަޕްއަކަށް ދާން ވަނީ އިރުޝާދު ދީފައެވެ.

ކަރަންސީ ސްވަޕްގެ އިތުރުން, ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރުމަށް މިހާރު ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ސަރުކާރާއި އެމްއެމްއޭ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!