ޚަބަރު އިޖުތިމާޢީ

އިމިގްރޭޝަނަށް ފިލަން އިތުރު ބިދޭސީންތަކެއް ކުޅުދުއްފުއްޓަށް ގޮސްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ގަވާއިދާ ހިލާފަށް ކުޅުދުއްފުއްޓަށް ދަތުރުކުރި ނުވަ ބިދޭސީއަކަށް ވަނީ ނޯޓިސްދީފައި / ފޮޓޯ:ކުޅުދުއްފުށި ސިޓީ ކައުންސިލް

ގަވާއިދާ ހިލާފަށް ކުޅުދުއްފުއްޓަށް ދަތުރުކުރި ނުވަ ބިދޭސީއަކަށް ނޯޓިސްދީ, ބިދޭސީން ދަތުރުކުރި ބޯޓުގެ ކެޕްޓަނަށް ލިޔުމުން މޯލްޑިވްސް އިމިގްރޭޝަނުން ނަސޭހަތްތެރިވެއްޖެ އެވެ.

Ads by Sosun Fihaara

ގަވާއިދާ ހިލާފަށް މާލޭގައި އުޅެމުންދާ ބިދޭސީން ހޯދައި، އެ މީހުން ޑީޕޯޓްކުރަން އިމިގްރޭޝަނާއި ފުލުހުން ގުޅިގެން އޮޕަރޭޝަން ފެށުމުން ބިދޭސީން ފިލަން އަތޮޅު ތެރެއަށްދާ މައްސަލަ ބޮޑުވެފައިވާ ކަމަށް މިފަހުން އިމިގްރޭޝަނުން ވަނީ ބުނެފަ އެވެ.

އެ އިދާރާއިން ވަނީ ރަށަަކަށް އެރޭނީ ކައުންސިލެއްގެ ހުއްދަ ލިބިގެން ކަމަށްވާއިރު، ބިދޭސީންގެ ކަންކަމުގައި ކޮންމެ ކައުންސިލަކުން ވެސް އެ ކައުންސިލެއްގެ ޒިންމާ ރަނގަޅަށް އަދާކުރުމަށް އެދިފަ އެވެ.

އިމިގްރޭޝަނުގެ ރަސްމީ "އެކްސް" އެކައުންޓުން ރޭ ކުރި ޕޯސްޓެއްގައި ބުނީ ‏އެ މަސައްކަތް ކޮށްފައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން މާލެ ދޫކޮށް ރާއްޖޭގެ އެކި ރަށްރަށަށް ދާކަމުގެ ރިޕޯޓު ލިބެމުން ދިއުމާ ގުޅިގެން ކަމަށެވެ.

އެގޮތުން އިއްޔެ ލިބުނު މައުލޫމާތަކާ އެކު ކުޅުދުއްފުއްޓަށް ދިޔަ ބޯޓެއްގައި ތިބި ބިދޭސީން ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ. އެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އަދި ޕޮލިހާ ގުޅިގެންނެވެ.

"މި ބޯޓުގައި ދަތުރުކުރި ބިދޭސީންގެ ތެރެއިން ގަވާއިދާ ހިލާފަށް ތިބި 09 މީހުނަށް ނޯޓިސްދީ އިމިގްރޭޝަނަށް ހާޒިރުވުމަށް އަންގައި ބޯޓުގެ ކެޕްޓަނަށް ވަނީ ލިޔުމުން ނަސޭހަތްދީފައި،" އިމިގްރޭޝަނުން ބުނެފައިވެ އެވެ.

އިތުރަށް ބުނީ އެންގުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ އިމިގްރޭޝަން ގާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އިމިގްރޭޝަނުން މި ފަހުން މާލޭގައި ހިންގި ބޮޑު އޮޕަރޭޝަނުގެ މައުލޫމާތު މީޑިއާތަކާ ހިއްސާކުރައްވަމުން ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝައްމާން ވަހީދު ވިދާޅުވެފައި ވަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދަން އަތޮޅުތަކުގައި ވެސް އޮޕަރޭޝަންތައް ފުޅާކުރާނެ ކަމަށެވެ. އޭރުން އަތޮޅުތެރޭގެ ބިދޭސީންގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

ސަރުކާރުން އަމާޒު ހިފާފައި ވަނީ ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ތިން އަހަރެއްހާ ތެރޭގައި އެއްކޮށް ހައްލު ކުރުމަށެވެ. ރާއްޖޭގައި މަސައްކަތްކުރާ ހުރިހާ ބިދޭސީންގެ ފިންގާ ޕްރިންޓް ނަގައި، ޑޭޓާ ބޭސްއެއް އެކުލަވާލުމުގެ މަސައްކަތް ހޯމް މިނިސްޓްރީން ވަނީ ފަށާފަ އެވެ.

  1. އަހުމަދު

    މިހާރު ފިލާގެން ގޮސް ރަށްރަށުގެ ވަލުތެރޭގައި ގޭގޭގެ ފެންވަޅުތަކުންނާއި ދުމަށިމަތިންވެސް ތިއެއްޗެހިތަ ފެންނާނެ ވަރަށް އަވަސް ނުކޮށް ފިއްޔާ އެކުދިންނަ އައީވީ ގުޅާވަރަށް ވަރުދެރަވެދާނެ އިމަޖެންސީ ވަރަށް ހާލް ސީރިއަސް ކުދިން ކޮޅެއް އުޅޭ އެބަ އަވަހަ ބޭރުކުރޭ

  2. ޢަބުދުﷲމާހިރު

    ކޯޓާަ ނަގައިގެންް ބޯކޮށާާ ފިހާރަަ ފަހާފިހާރަަ ފަދަަ ތަންތަންް ހިންގުމުގަަ ދިވެހިި އޯނަރަށްް ގެއްލުންް ވުމުންް ހަދާގޮތަކީީ ބޭރުު މީހުނަށްް ދޫކޮށްލަނީީ. ކޮންމެވެސްް ހާހެއްހާރުފިޔާާ ދިވެހިި މީހާއަށްް ލިބޭ ގޮތަށ! އެއިރުންް ގެއްލުންް ނުވެެ ތަންް ހިނގާާ. މީީ ހައްލުު ހޯދަންް ދަތިި މައްސަލަަ. ބޯޯ ކޮށާނެެ ދިވެއްސަކުު ނެތ. ޞޭރުު މީހާލައްވާާ ކޮށުވޭނީީ ކިރިޔަާަ މުސާރަަ އެކަނިި ކަވަރރ ކުރެވޭޔ ވަރަށްް. ކުލިި، ކަރަންޓްް ފަދަަ ބިލްް ތައްް ދެއްކޭޭ ވަރަށްް އެވެރިންް މަސައްކަތްް ނުކުރާނެެ. ގަޑިއިރުންް ބޮލެއއ ކޮށީމަަ ވާނީީ ގެއްލުންް ދ!