ޚަބަރު އިޖުތިމާޢީ

އަތުހަރުގެ އޮޓޮޕްސީ ހަދަން ފުލުހުން ނިންމައިފި

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން

އަންހެނެއްގެ ކަރުގައި ވަޅި ޖެއްސި ށ.މިލަންދޫ, ހެޕީލޭންޑު އާދަމް އަތުހަރު އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ފަރުވާ ދެމުން ދަނިކޮށް މަރުވި ސަބަބު ދެނެގަންނަން އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީއެއް ހަދަން ދިވެހި ފުލުހުންގެ ހިދުމަތުން ނިންމައިފި އެވެ.

Ads by MWSC

ފުލުހުންގެ ބެލުމުގެ ދަށުގައި ދޫނިދޫގައި ހުއްޓައި އަމިއްލައަށް މަރުވާން މަސައްކަތް ކޮށްގެން ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް އަތުހަރު މަރުވީ މިއަދު ހަވީރު 4:08 ގަ އެވެ. މަރުވިއިރު އޭނާ އޮތީ ވެންޓިލޭޓަރުގަ އެވެ.

އަންހެނަކު ރަހީނުކޮށްގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ފުލުހުން ދިޔުމުން އަތުހަރު ވަނީ އެ އަންހެން މީހާގެ ކަރުގައި ވަޅި ޖައްސައި ފުލުހުންނަށް ފިލަން މަސައްކަތް ކޮށްފަ އެވެ. އަންހެން މީހާ ސަލާމަތްކުރަން އުޅުމުގެ ތެރޭގައި ފުލުހުންގެ ފަރާތުން އަތުހަރަށް އަނިޔާތަކެއް ލިބުނެވެ. އެހެންނަމަވެސް އެ އަނިޔާތަަކަށް އޭޑީކޭގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލުމުން އަތުހަރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އަމިއްލައަށް މަރުވާން އަތުހަރު މަސައްކަތް ކުރީ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ 23 މިނެޓު ތެރޭގައި ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލަށް ގެންދިޔަ ކަމަށެވެ. މިކަން ފުލުހުން ހާމަ ކުރީ ރޭ 19:42 ގަ އެވެ. އަތުހަރު ވެންޓިލޭޓަރުގައި އޮތްކަން ފުލުހުން ހާމަކުރީ ރޭގެ 21:57 ގަ އެވެ.

މިހާދިސާގެ ތަހުގީގު ފުލުހުން ވަނީ ފަށައިފަ އެވެ. މީގެ އިތުރުން ދަން ޖެހެން އުޅުނު މައްސަލަ އެޗްއާރުސީއެމް އާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުންވެސް ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by HDC
  1. ފުލުހުން ހަދާ އޮޓޮޕްސީ ގަބޫލުކުރަން ހެޔޮވެސްނުވާނެ.މާލެ އަތޮޅުވެހީގަ ބަންދުގަ ހުއްޓަ މަރުވި ހުސެންސޮލާޙްގެ އޮޓޮޕްސީ ނަތީޖާ ނިކުތީކިހިނެއްތޯ ފުލުހުން ބޭނުންވިގޮތައްކަން އެންމެން ދަންނާނެ.އެކަމު އެމަންޒަރު ހަމަލޮލުންފެނުނު މީހެއްގެ ހައިސިއްޔަތުން ބުނެލަން ފުލުހުން އެދުވަހު އާމުކުރި އޮޓޮޕްސީ ރިޕޯރޓްގައޮތީ ހުސެންސޮލާޙް މަރުވެފައިވަނީ ގެނބިގެންކަމަށް.ސުބުހާނައްﷲ އެތައްފަހަރަކު ތަޅާ ތަޅާ ހޭނެތުނީމަ މަރުވިތޯ ޓެސްޓްކުރަން ބޯންހުރި ސިގިރޭޓްބުރިތައްވެސް ނިއްވާހެދި އެކަމު އެދުވަހު އެމީހުންގެ ބާރުއޮތީމަ ބޭނުންގޮތެއްހަދާލީ.މާތް ﷲ ހުރިހާކަމެއްވެސް މޮޅައް ދެކެ ދެނެ ވޮޑިގެންވާނެ.ދެން މިއަދު އެމީހުން ކިތަންމެ ވަރުގަދަ އޮޓޮޕްސީއެއް ހެދިޔަސް ފުލުހުންބޭނުންވާގޮތައް އެރިޕޯރޓް ތައްޔާރުކޮއްނިންމާނީ.ސަބަބަކީ ފުލުހުން ހަޤީޤަތްފަސްލާފޮރުވަން ބޭނުންވެ އެކަމަށް އެދުން.ދެން އެ ޓެސްޓް ހަދާ ބަޔަކަށް މަޖްބޫރުވެގެންދާނީ ފުލުހުން ބޭނުންވާގޮތައް އެރިޕޯރޓް ތައްޔާރުކުރަން.އެކަމު މިނޫނަސް ދުވަހެއްވާކަން ދަންނާތި އެދުވަހުން މާތް ﷲ ގެ ތިލަފަތް ހަމަހަމަ ކުރާނެ އެބަޔަކު ކުޅަކަމެއްގެ ޖަޒާ އެބަޔަކަށް އެންމެ ފުރިހަމަޔައް ލިބިގެންދާނެ.މިކަން ކަމުގެ ހޤީޤަތްވެސް އިނގިހާމަވާނެ.އެދުވަހަކުން ދޮގެއްނުހެދޭނެ.މީ އަންނާނެ ދުވަހެއްކަް ވިސްނާތި ބިރުވެތިވޭ.

  2. ފަޓާސް

    ތީ ދައުލަތުން ކުރާ ބޫކާރު ހަރަދެއް. ކަށުނަމާދުވެސް ނުކޮއްގޮސް ތިވަޅުލަބަލަ