ބްރިޖު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިފި، ކޯސްޓުގާޑު ހަރަކާތްތެރިވަނީ
ސިނަމާލެ ބްރިޖު ކައިރިއަށް ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ކޯސްޓު ގާޑު ހަރަކާތްތެރިވާން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާ ހިނގީ މިއަދު ހަވީރުގެ ވަގުތެއްގަ އެވެ. އެ ޑިނގީ އަކީ މަސްވެރިކަމަށް ނިކުމެ އުޅުނު ޑިންގީއެއްކަމަށް މައުލޫމާތު ލިބެ އެވެ.
މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ބުނީ ކޯސްޓު ގާޑުން މިހާރު ހަރަކާތްތެރިވަމުން ދާކަމަށެވެ. އިތުރު ތަފްސީލު ހިއްސާއެއް ނުކުރެ އެވެ.
އެ ސަރަހައްދުގައި ފުލުހުވެސް ދަނީ ހަރަކާތްތެރިވަމުންނެވެ. ބަންޑުން ޖަހައިލިއިރު ޑިންގީގައި ތިބީ 4 މީހުންނެވެ. އެއީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް އެމްއެންޑީއެފްއިން މައުލޫމާތު ދެއެވެ.
ޑިންގީގައި ތިބި މީހުންގެ ތެރެއިން ދެ މީހަކަށް ވަނީ ކުދި އަނިޔާތައް ލިބިފަ އެވެ. އެހެންނަމަވެސް އެންމެން ސަލާމަތް ކޮށްފައިވާ ކަމަށް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފަ އެވެ.
މިއަދާއި މާދަމާ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސްވެ ކަނޑުތައް ގަދަވާނެކަމަށް ލަފާ ކުރެވޭތީ އެކަމަށް ސަމާލުވާން މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.