ޚަބަރު

އެމްއާރުއެމް އިން ކުޅުދުއްފުށީ ރައްޔިތުންނަށް މަރުހަބާ ކިޔައިފި

ދެން އެމްވީ ، ދެން އޮންލައިން

ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ އަތޮޅުތަކާއި ރަށްރަށް ހިންގުމުގައި ލިބެންޖެހޭ ބާރުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކައުންސިލްތަކާއި ރައްޔިތުންނަށް ހޯދައިދިނުމަށް މި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި އެޅުނު އިތުރު ފިޔަވަޅެއް ކަމަށް މޯލްޑިވްސް ރިފޯމް މޫވަމަންޓް (އެމްއާރުއެމް) އިން ބުނެފި އެވެ.

Ads by Sosun Fihaara

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ ވަނީ ދެއްވާފައެވެ. މި ނިންމެވުމާ އެކު ކުޅުދުއްފުށި ވެގެން ގޮސްފައި ވަނީ ރާއްޖޭގެ ހަތަރު ވަނަ އަދި އުތުރުގެ ފުރަތަމަ ސިޓީއަށެވެ.

އެމްއާރުއެމުން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ އެންމެ ބޮޑު ރައުސްމާލަކީ ރާއްޖޭގެ ރައްޔިތުން ކަމުން، ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާއި ގުޅިފައިވާ އެންމެހައި ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަދިކަން އިންސާފުވެރިކަމާއެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާއި ތިޔާގިކަން ގެނެސްދިނުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމުގެ ޔަގީންކަންވެސް ލިބިގެން ދިޔަކަމެއް ކަމަށެވެ.

އެހެންކަމުން، ގައުމާއި ރައްޔިތުންގެ ހައްގުގައި ތަރައްގީ ގާއިމު ކުރުމުގެ ގޮތުން ކުޅުދުފުށި ސިޓީއެއްގެ ގޮތުގައި ހަމަޖެހިގެން ދިއުމާއި ގުޅިގެން، ލާމަރުކަޒީ ގާނޫނުން ސިޓީއަކަށް ލިބިދޭންޖެހޭ އެންމެހާ ހިދުމަތްތަށް ވީ އެންމެ އަވަހަކަށް އެ އަތޮޅުގެ ރައްޔިތުންނަށް ލިބިގެން ދިއުމަކީ އުއްމީދު ކަމަށް އެމްއާރުއެމުން ބުނެއެވެ. އަދި ގައުމާއި ރައްޔިތުންގެ ހައްގުގައި ހާސިލުކުރަން ޖެހޭ ތަރައްގީގެ ލަނޑު ދަނޑިތައް ހާސިލުކުރުމަށްޓަކައި ސަރުކާރާއި އެކު އެމްއާރްއެމް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދޭން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!