ޚަބަރު

މާލޭގެ ގެއަކުން އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލާގައި ހައްޔަރުކުރި ދެ މީހުން/ ފޮޓޯ: ފުލުހުން

އިލެކްޓްރޯނިކް ސާމާނުތަކެއް ވަގަށް ނެގި މައްސަލައެއް ގައި ދިވެހި ދެ ފިިރިހެނަކު މިއަދު ހައްޔަރުކޮށްފި އެވެ.

Ads by Hajj Corporation

މީޑިއާ ގްރޫޕަށް މިއަދު ފޮނުވި މެސެެޖެއްގައި ފުލުހުން ބުނީ އެއީ އިއްޔެ ހަވީރު 4:05 ހާއިރު މާލެ ގެއެއްގެ ތެރޭގައި ހުރި މީހެއް އަތުން ވަގަށް ނަގާފައިވާ ކަމަށް ޝައްކު ކުރެވޭ އިލެކްޓްރޯނިކް ސާމާނުތަކެއް ފެނުނު މައްސަލަ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކުރި ދެ މީހުންނަކީ ކ. މާލެ, މ. ދާރުލްގަރާރު، އުމުރުން 30 އަހަރުގެ އިސްމާއިލް ވިޝާލް އާއި ބ. ދަރަވަންދޫ، ވިދުވަރު، އުމުރުން 32 އަހަރުގެ ހުސެއިން ސާއިފެވެ.

ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

އެ މީހުން އަތުން ފެނުނީ އިލެކްޓްރޯނިކް ކޮން ސާމާނުތަކެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ވައްކަމުގެ މައްސަލަތައް އިތުރުވަމުންދާއިރު މީހުންގެ އަގު ބޮޑެތި މުދާ ވަގަށް ނަގައިގެން ނުއަގުގައި ވިއްކަމުން ދަނިކޮށް މީގެ ކުރިން މީހުން ހައްޔަރުކޮށްފައިވެ އެވެ.

Ads by Allied Insurance
  1. ގަލަން

    މިހާރު އެމީހުންދޫކޮއްފަ ތިބޭނީ މާދަމަ އެހެންގެއަކުން ވައްކަންކުރާނީ ހަލެއްނެތް ކަމެއް