މުނިފޫހިފިލުވުން

ލޮކްޑައުންގައި ވިކީ ކޯޝަލް އުޑަށް ބެލުމުގައި ވަގުތު ހޭދަކުރަނީ

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއިއެކު ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުން އަންނަ ނުރައްކާތެރި ކޯވިޑް 19 އިންޑިއާގައި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އެގައުމު 21 ދުވަހަށް ލޮކްޑައުން ކުރުމުން މަޝްހޫރު ބޮލީވުޑްގެ ތަރި ވިކީ ކޯޝަލް އުޑަށް ބެލުމުގައި ވަގުތު ހޭދަކޮށްފިއެވެ.

Ads by Sosun Fihaara

ވިކީ އޭނާގެ އިންސްޓަގްރާމު އެކައުންޓްގައި ހިއްސާ ކުރި ފޮޓޯއަކުން ފެންނަނީ އޭނާ އުޑަށް ބަލަން ހުންނަތަނެވެ.

ވިކީ އެ ފޮޓޯ ހިއްސާ ކުރަމުން އޭނާގެ ބެލުންތެރިންނަށް މެސެޖެއްވެސް ދޫކުރިއެވެ. އޭގެ ލިޔެފައި އޮތީ، ކުޑަދޮރުން އުޑާއި އަދި މާހައުލުގެ ރީތިކަން ބެލުމަށެވެ. އަދި އެއްވެސް ހާލެއްގައި މި 21 ދުވަހު ބޭރަށް ނުދިއުމަށެވެ.

ވިކީ އަކީ މިހާރު ބޮލީވުޑްގައި ކުރިއަރަމުން އަންނަ ތަރިއެކެވެ. އޭނާ ވަނީ ބެލުންތެރިންގެ މެދުގައި މަޝްހޫރު ފިލްމު ތަކުގެ ތެރެއިން ރާޒީ ފަދަ ފިލްމުތަކުގެ ލީޑް ރޯލުން ފެނިގެން ގޮސްފައެވެ. ވިކީ އެންމެ ފަހުން ކުޅުނީ ބިރުވެރި ފިލުމެއް ކަމަށްވާ ބޫތު އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!