ޚަބަރު

އިމިގްރޭޝަން ޔުނީފޯމާ ވައްތަރު ހެދުމެއް އަޅައިގެން ސްކޭމެއް ހިންގާތީ ސަމާލުވާން އެދިއްޖެ

ޢާއިޝަތު ނުހާ ، ދެން އޮންލައިން
ކޮންޓްރޯލާ އިމިގްރޭޝަން ޝައްމާން ވިދާޅުވީ ބިދޭސީންގެ މައްސަލަ ހައްލަކުރަން ފަހަތަށް ނުޖެހޭނެ ކަމަށް

މޯލްޑިވްސް އިމިގްރޭޝަންގެ މުވައްޒަފުން އަޅާ ޔުނީފޯމާ ވައްތަރު ޔުނީފޯމެއް ގައި ތިބި ބަޔަކު, މީހުންނަށް ގުޅަމުންދާތީ އެކަމަށް ސަމާލުވާން އެދިއްޖެ އެވެ.

Ads by STELCO

އިމިގްރޭޝަނުން އެހެން ބުނީ ޕާކިސްތާނުގެ ނަންބަރެއް ކަމަށްވާ 1077883 348 92+ އިން ވަޓްސްއެޕް ވީޑިއޯ ކޯލް މެދުވެރިކޮށް ފޭރުމުގެ އަމަލުތަކެއް ހިންގަމުންދާ ދަނޑިވަޅެއްގައި "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ވީޑިއޯ ކޯލް ކުރަނީ މޫނު ނިވައިކޮށް, އިމިގްރޭޝަނާ ވައްތަރުގެ ޔުނީޕޯމު އަޅައިގެން ތިބި ބަޔަކެވެ. އަދި އެ ވީޑިއޯ ކޯލްގައި ބޭނުންކުރަމުންދަނީ އިމިގްރޭޝަން ބެކްޑްރޮޕެކެވެ.

އިމިގްރޭޝަނުން ބުނީ އެ ކޯލުކުރަމުންދާ ބަޔަކު އާންމުންނަށް ގުޅާ, އެމީހުންގެ ޒާތީ މައުލޫމާތާއި ބޭންކު ކާޑުގެ މައުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަގީންކަން ދެން"

އިމިގްރޭޝަނުން ވަނީ އެފަދަ ސްކޭމް ކޯލްތަކަށް ސަމާލުވުމަށް އިލްތިމާސްކޮށްފަ އެވެ.

  1. ސެއްޅި

    ބައެއް ދިވެހިން ތީގައިވެސް ޖެހޭނެ….