ޚަބަރު

ޕާޓީ ޑްރަގާއެކު ނައިފަރުން މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ޕާޓީ ޑްރަގާއެކު ޅ. ނައިފަރުން މީހަކު ހައްޔަރުކޮށްފި އެވެ.

Ads by MWSC

ފުލުހުން ބުނީ މިއަދު ހެނދުނު 6:00 ހާއިރު ފުލުހުން ނައިފަރުގައި ހިންގި އޮޕަރޭޝަނެއްގެ ތެރެއިން 31 ޕާޓީ ޑްރަގާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެއް ކަމަށާއި އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ އިރު އާ އަހަރަށް ފުލުހުން ވަނީ އޮޕަރޭޝަންތައް ވަރުގަދަކޮށް ބަލާ ފާސް ކުރުން މުޅި ރާއްޖޭގައި ކުރިޔަށް ގެންގޮސްފަ އެވެ. އެ އޮޕަރޭޝަންގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ބަނގުރާފުޅިތައް ފުލުހުން ވަނީ ހިފަހައްޓާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!