ޚަބަރު އިޖުތިމާޢީ

ގެސްޓް ހައުސްގައި މީހަކަށް ހަމަލާދިން ދެ މީހުން ހޯދައި ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

މިދިޔަ ހޯމަ ދުވަހު ގެސްޓްހައުސްއެއްގައި ޒަހަމްވެފައި އޮތްވާ ފެނުނު މީހާއަށް ހަމަލާދިން ދެ މީހުން ހޯދައި ޝަރީއަތް ނިމެންދެން ބަންދުކޮށްފި އެވެ.

Ads by Hajj Corporation

ޒަހަމްތަކާ އެކު އޮތް އެ މީހާ ފެނިފައި ވަނީ މާލޭ, ހެންވޭރު ހުރި ގެސްޓް ހައުސްގެ ކޮޓަރިއެއްގެ ތެރެއިންނެވެ.

އެކަމާ ގުޅިގެން ފުލުހުން މީގެ ކުރިން ބުނެފައި ވަނީ އޭނާ އުޅުނު ކޮޓަރި ބެލީ ހަބަރެއް ނުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެ ކޮޓަރިއަށް ވަދެ ބެލިއިރު، ޒަހަމްތަކަކާ އެކު އޮއްވައި ފެނުނީ 27 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ގެސްޓް ހައުސްއެއްގައި ޒަހަމްތަކަކާ އެކު އޮތްވާ ފެނުނު މީހާ އާ މެދު މާރާމާރީ ހިންގިކަމުގެ ތުހުމަތުގައި ދެ ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ،

  • ކ. މާލެ، މއ. ވޮއްކޮޅުގެއާގެ، އަހްމަދު މާޒިން އިބްރާހީމް (23އ)
  • ކ. ތުލުސްދޫ، ޕެރިސް، ފައުޒާން ޒަރީރު (23އ)

އެ މައްސަލަ ތަހުގީގު ކުރަމުންދާއިރު، މައްސަލަ އާ ގުޅިގެން ދެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!