ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ސްކޫލްތަކާއި ތައުލީމު ދޭ ހުރިހާ މަރުކަޒުތަކެއް އިތުރު އެއް ހަފްތާއަށް ބަންދުކުރަން ސަރުކާރުން ނިންމައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިކަން މިއަދު އިއުލާނު ކޮށްދެއްވާފައެވެ.
ސްކޫލްތަކާއި ކޮލެޖުތައް ހުޅުވުން އިތުރު 1 ހަފްތާއަށް ފަސްކޮށްފި
މިއަދު ބޭއްވި ހާއްސަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮވިޑް-19އިން ރައްކާތެރިވުމަށް ސަރުކާރުން އަޅާ ފިޔަވަޅެއްގެގޮތުން ކުރިއަށްއޮތް ހަފްތާގައިވެސް ސަރުކާރާއި ސްކޫލުތަކާއި ތައުލީމު ދޭ ހުރިހާ މަރުކަޒުތަކެއް ބަންދުކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މީގެ އިތުރުން ބީއެމްއެލް އިން ދޫކޮށްފައިވާ ލޯނުތައް ދެއްކުން 6 މަހަށް ލަސްކޮށްފައިވާއިރު މަތީ ތައުލީމް ހާސިލުކުރުމަށް ކުދިންނަށް ދޫކޮށްފައިވާ ސްޓޫޑެންޓް ލޯނުތައް ދެއްކުން ވެސް ވަނީ 6 މަސް ދުވަހަށް ލަސްކޮށްދީފައެވެ
ދިވެހި ރާއްޖެއިން ކޯވިޑް 19 13 ބިދޭސީއަކަށް ޖެހުނު އިރު، މިހާރު ވަނީ އެތަނުން 8 މީހަކު ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން ދަނީ 5 މީހަކަށެވެ.

Ads by Allied Insurance