ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފި

ދަރިންނަށް ޖިންސީ ގޯނާ ކުރި ބައްޕައަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ހާދިސާ ރިޕޯޓްކުރީ ރޭ ދަންވަރު ކަމަށެވެ.
އެގޮތުން 42 އަހަރުގެ ފިރިހެނަކު އޭނާގެ ދެ ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ހުށަހަޅާފައިވާ ކަަމަށް ފުލުހުން ބުނެއެވެ.
އެ މައްސަލައާ ގުޅިގެން އެ ފިރިހެން މީހާ ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ އެ މައްސަލަ މިހާރު އިތުރަށް ތަހުގީގުކުރަމުންދާ ކަމަށެވެ.

Ads by Ooredoo