ސައިކަލަކާއި ލޮރީއެއް އެކްސިޑެންޓުވެ އަނިޔާވި މީހަކަށް ފަރުވާދެނީ
ހުޅުމާލޭ ފޭސް އެކަކާއި ދޭއް ގުޅޭ ބްރިޖުގައި ލޮރީއަކާއި ސައިކަލެއް އެކްސިޑެންޓުވެ އަނިޔާވި މީހަކަށް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުުހުން ބުނީ، އަނިޔާވީ 24 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށާއި އޭނާ އަށް ފަރުވާދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައި ކަމަށެވެ. އެމީހާއަށް ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް ފުލުހުން ނުބުނެ އެވެ.
މި ފަހަކަށް އައިސް އެކްސިޑެންޓުތައް ހިނގާލެއް ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެކްސިޑެންޓުތައް އިތުރުވަނީ އެކަށީގެންވާ ވަރަށް ވުރެ ބާރު ސްޕީޑުގައި ދުއްވާތީވެ ކަމަށް ފުލުހުން ބުނެ އެވެ.
މަގުތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ފުލުހުން ހަރަކާތްތެރިވާ އަދަދު މިހާރު ވަނީ އިތުރުކޮށްފަ އެވެ.
Ads by Allied Insurance