ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ

ގެއެއްގެ ދޮރުގެ ބިއްލޫރިގަނޑެއް ވެއްޓި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން ބުނީ ވެއްޓުނީ މާފަންނު ޖަހާމުގުރި ގޯޅީގައި ހުރި ގެއެއްގެ ހަވަނަ ފްލޯގެ ދޮރުގެ ބިއްލޫރިގަނޑެއް ކަމަށެވެ.
އެ ހާދިސާ ރިޕޯޓްކުރީ މިރޭ 07:12 ކަންހާއިރު ކަމަށް ފުލުހުން ބުނެއެވެ.
އަދި ބިއްލޫރި ގޮސް ޖެހުނީ ސައިކަލެއްގައި ކަމަށާއި ބުރައިގެން ދިޔަ ބިއްލޫރިއާއެކު ދިވެހި ފިރިހެނަކަށް އަނިޔާވި ކަމަށެވެ.
އޭނާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗްއަށް ގެންދިޔަކަމަށް ވެސް ފުލުހުން ބުނެއެވެ.
އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.