ޚަބަރު

މިއަދު އެކަނި މާލެ މަގުމަތިން 224 ސައިކަލު ނަގައިފި

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: ސިޓީ ކައުންސިލު

މާލޭ ސިޓީގެ މަގުމަތީގައި ހުންނަ ބާ އުޅަނދުތައް ނައްތާލުމުގެ މަސައްކަތުގެ ފުރަތަމަ ދުވަހު 224 ސައިކަލު ނަގައިފި އެވެ.

Ads by Sosun Fihaara

ހެނދުނު 8 ޖެހިއިރު އެ މަސައްކަތް ފަށާފައިވާއިރު ސިޓީ ކައުންސިލުން ބުނީ އުޅަނދުތައް ނައްތާލާނީ ކައުންސިލްގެ ވޭސްޓް ސެކްޝަނާއި ފުލުހުން ގުޅިގެން ކަމަށެވެ.

ކައުންސިލްގެ މީޑިއާ އޮފިޝަލް އައިމިނަތު ސަތުފާ "ދެން" އަށް ވިދާޅުވީ ވެހިކަލްތައް ނައްތާލުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށެވެ. މިއަދުގެ މަސައްކަތް ހަވީރު 6 ޖެހުމާ ހަމައަށް އެ ހަރަކާތް ކުރިއަށް ގެންގޮސްފައިވެ އެވެ.

ސަތުފާ ވިދާޅުވީ މިއަދު ކުރިއަށްދާ ހަރަކާތުގައި ސިޓީ ކައުންސިލްގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުތަކުގައި ވެސް އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Ads by Ooredoo