ޚަބަރު ސަރުކާރު

މި ސަރުކާރުން ފޮނުވައިލި ގަވައިދާ ހިލާފު ބިދޭސީންގެ އަދަދު 4000 އިން މައްޗަށް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ބިދޭސީންތަކެއް ގެންނަނީ/ ފޮޓޯ: އިމިގްރޭޝަން

މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ފޮނުވާލި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު 4000 އިން މައްޗަށް އަރަައިފި އެވެ.

Ads by MWSC

އިމިގްރޭޝަނުން މިއަދު އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ސަރުކާރުން ވެރިކަމަށް އައުމަށް ފަހު ސެޕްޓެމްބަރު 17 އާ ހަމައަށް ވަނީ ގަވައިދާ ހިލާފަށް އުޅޭ 4054 ބިދޭސީން ފޮނުވާލައިފަ އެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުން އެންމެ ގިނައިން ބިދޭސީން ފޮނުވާލީ މިދިޔަ ޖޫން މަހާއި މި މަހު އެވެ.

އެގޮތުން މި މަހުގެ 17 އާ ހަމައަށް 663 ބިދޭސީން އަދި މިދިޔަ ޖޫން މަހު 690 ބިދޭސީން ފޮނުވައިލި އެވެ.

އެންމެ މަދުން ފޮނުވާލާފައި ވަނީ މި ސަރުކާރުން ވެރިކަމާ ހަވާލުވޮ ނޮވެމްބަރު މަހުު އެވެ. އެ މަހު ފޮނުވައިލީ އެންމެ 90 ބިދޭސީން ނެވެ.

ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްޜޭޝަނާއި އެކި އިދާރާތައް ގުޅިގެން ކޮންމެ ދުވަހަކުހެން ދަނީ ރެއިޑްތައް ހިންގަމުން ނެވެ.

އެގޮތުން ގަވައިދާ ހިލާފަށް ވިޔަފާރިތައް ކުރާ ބިދޭސީންނަށާއި ނުތާހިރުކޮށް ކާބޯތަކެތި ހަދާ ތަންތަން ހާއްސަކޮށް ދަނީ ރެއިޑްކުރަމުން ނެވެ.