ޚަބަރު

ކްލައިމެޓް ޗޭންޖަކީ ހިޔާލީ ކަމެއް ނޫން، ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއް: ރައީސް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައީސް ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ރައީސް އޮފީސް

ކްލައިމެޓް ޗޭންޖަކީ ހިޔާލީ ކަމެއް ނޫން ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ ބޮޑު މައްސަލައެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

Ads by MWSC

މިރޭ އދ. ގެ އާންމު މަޖިލީހުގައި ކުރިއަށް ދިޔަ "ސަމިޓް އޮފް ދަ ފިއުޗާ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ އަޅުގަނޑުމެން ކްލައިމެޓް ޗޭންޖްއާ ދެކޮޅަށް ނުކުންނަން ޖެހިފައިވާ ކަމަށެވެ.

އަދި މިއީ މިހާރާއި ކުރިއަށް ޖީލުތަކަަށް ވެސް އޮތް އެންމެ ބޮޑު ނުރައްކާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކްލައިމެޓް ޗޭންޖަކީ ހިޔާލީ ކަމެއްގެ ގޮތުގައި މީހުން ދެކޭ ދެކުމަށް ރައްދު ދެއްވައި ރައީސް މިރޭ ވިދާޅުވީ މިއީ ދުނިޔޭގެ 62 ޕަސެންޓް ޒުވާނުންނަށް އަސަރުކުރާ ކަމެއް ކަމަށެވެ.

އެގޮތުން ކުދި، މިނިވަން އަދި ތަރައްގީވަމުން އަންނަ ގައުމުތަކުގައި މޫސުމަށް އައި ކުއްލި ބަދަލުތަކާއެކު ފާއިތުވި 50 އަހަރުގެ ތެރޭގައި 153 ބިލިއަން ޑޮަލަރުގެ ގެއްލުންވަފައިވާ ކަމަށެވެ،

ރައީސް ވިދާޅުވީ ނެޓް ޒީރޯ އަމާޒަށް ވާސިލުވުމަށް ކުރަން ޖެހޭ މަސައްކަތްތަކުގައި ރާއްޖެއިން އަދިވެސް ދެމި އޮންނާނެ ކަމަށެެވެ.

އަދި އެހެން ގައުމުތަކުން ވެސް އެގޮތުގައި ދެމިއޮތުމަށް ރައީސް ގޮވާލެއްވި އެވެ.

Ads by Allied Insurance