ޚަބަރު

ކާރެއް ދަށުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކޮށްފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހުޅުމާލެ ފޭސް އެކެއްގެ ބޮޑު މަގު/ ފޮޓޯ: ދަ ޕްރެސް

މީގެ ފަސް މަސް ކުރިން މިދިޔަ އޭޕްރީލް މަހު ހުޅުމާލޭގައި ކާރެއް ދަށުވެ މީހަކު މަރުވި މައްސަލައިގައި އެ ކާރު ދުއްވަން އިން މައުސޫމް ހަލީމްގެ މައްޗަށް ދައުވާކޮށްފި އެވެ.

Ads by STELCO

އެ ހާދިސާގައި މަރުވީ ސަައިކަލު ދުއްވަން އިން މަސްއޫދު ރާނާ ނަމަކަށް ކިޔާ ބަނގުލަދޭޝް މީހެކެވެ. އަދި އެ ސައިކަލުގެ ފަހަތުގައި  ޝެއިހް ޝުވައިބް އަށް ވެސް ބޮޑެތި އަނިޔާތަކެއް ލިބުނެވެ.

ރަނާ މަރުވީ މައުސޫމް ކާރު ދުއްވަމުން ސިގްނަލް ނުދީ ގޯޅިއެޅި ވަގުތު، ކާރު އޯވަރޓޭކް ކުރަން އުޅުނު  ސައިކަލުގައި ކާރުން ޖެހި އެކްސިޑެންޓްވެ، ރާނާ ކާރު ދަށުގައި ތާށިވެފައިވަނިކޮށް، މައުސޫމް ރާނާގެ ހަށިގަނޑު މަތިން ބާރު ސްޕީޑްގައި ކާރު ރިވާސްކުރުމުގެ ސަބަބުން އޭނާއަށް ލިބުނު އަނިޔާތަކުގެ ސަބަބުން ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

އެ މައްސަލައިގައި މައުސޫމްގެ މައްޗަށް ތިން ދައުވާއެއް ވަނީ ކޮށްފަ އެވެ.

އެއީ މީހަކު މަރުވެދިއުމުގެ ފަރުވާކުޑަ އަމަލެއް ކުރުމާއި އަނިޔާއެއް ދިނުމުގެ އިތުރުން މުދަލަށް ގެއްލުން ދިނުމެވެ.

މުދަލަށް ގެއްލުން ދިނުމުގެ ދައުވާ އުފުލީ ސައިކަލުގައި ކާރުން ޖެހި އެކްސިޑެންޓްވެ، ކާރު ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން އެސަރަހައްދުގައި ޕާކުކޮށްފައި އޮތް އެހެން ކާރެއްގައި ޖެހި އެކްސިޑެންޓްވެފައިވާތީ ކަމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެ އެވެ.