ލައިފްސްޓައިލް

އިނގުރު ސައި ނުވަތަ ފެން: މީރު ނޫނަސް މިފަދަ ގިނަ ފައިދާ ހޯދިދާނެ ބުއިމެއް

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އިނގުރު ސައެއް ނުވަތަ އިނގުރު ފެންތައްޓެއް ބުއިން ހެއްޔެވެ؟ ގިނަ މީހުންނަށް ގައިމު ވެސް އެހާ މީރު އެއްޗަކަށް ނުވާނެއެވެ. ނަމަވެސް މިއީ ވަރަށް ގިނަ ޞިއްޙީ މައްސަލަތަކަށް އޮތް ފަރުވާއެކެވެ. އިނގުރު ފެން މިކަންކަމަށް ބޭނުން ކޮށްލެވިދާނެއެވެ.

Ads by STELCO

ނަމަވެސް ބައެއް ބޭސްތަކާއެކު ގިނައިން އިނގުރު ބޭނުން ކުރުމަކީ ބައެއް މީހުންނަށް އެކަމުގެ ސައިޑް އެފެކްޓް ކުރިމަތިވާ ކަމެކެވެ. އެހެންކަމުން ބޭހެއް ބޭނުން ކުރައްވާނަމަ މިކަމާއި މެދު ސަމާލުވެ ލައްވާށެވެ.

ޕީރިއަޑްގެ ދުވަސްވަރުގެ ތަދުތަކަށް: ޕީރިއަޑްގެ ދުވަސްވަރަކީ ބައެއް ކަނބަލުންނަށް ވަރަށް ދަތި އުނދަގޫ ދުވަސްކޮޅެކެވެ. ކުއްލި ތަދު އެރުމަކީ ވެސް ބައެއް ކަނބަލުންނަށް އެ ދުވަސްވަރު ދިމާވާ ކަމެކެވެ. އިނގުރު ސައި ނުވަތަ އިނގުރު ފެނަކީ މިފަދަ ތަދުތައް ލުއިކޮށްލަދޭ އެއްޗެކެވެ.

ހޮނޑުލެވުން: މާބަނޑު ދުވަސްވަރު ހޮޑުލެވޭނަމަ އިނގުރު ސައި ނުވަތަ އިނގުރު ފެން ބޭނުން ކުރުމަށް ޑޮކްޓަރުން ލަފާ ދެއްވައެވެ. އިނގުރު ފެނަކީ ބަނޑު ހުސްކޮށްލާ ކާތަކެތީގެ ދައުރުވުން ރަނގަޅު ކޮށްދޭ ކަމެކެވެ. މި ސަބަބަށްޓަކައި ހޮނޑުލެވުމަށް ލުއި ލިބެއެވެ.

ބަރުދަން ލުއިކުރުމަށް: އިނގުރު ފެނަކީ "ޑިޓޮކްސް" ބުއިމެކެވެ. އެހެން ކަމަށްވުމާއެކު މިއީ ހަށިގަނޑު ލުއިކޮށްލުމަށް ވެސް އެހީތެރިވެދޭ ބުއިމެކެވެ.

ލޭގައި ހުންނަ ހަކުރުގެ މިންވަރު ހިފެހެއްޓުމަށް: އިނގުރު ބޭނުން ކުރުމާއި ލޭގައި ހުންނަ ހަކުރުގެ މިންވަރަށް އަންނަ ބަދަލާއި ގުޅޭ ގިނަ ރިސާޗްތަކެއް ކުރެވިފައިވެއެވެ. މި ރިސާޗްތަކުން ދައްކާ ގޮތުގައި ލޭގައި ހުންނަ ހަކުރުގެ މިންވަރު ލެވެލް ކުރުމަށް ވެސް އިނގުރު ފެން އެހީތެރިވެދެއެވެ.

މީގެ އިތުރުން އިނގުރަކީ އެތައް ފައިދާތަކެއް ލިބިދޭ އެއްޗެކެވެ. ނަމަވެސް އިސްވެ ބަޔާން ކުރި ފަދައިން ބޭސް ބޭނުން ކުރާ މީހުން އިނގުރު ބޭނުން ކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފާ ހޯއްދަވާށެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!