އުރީދޫ މެދުވެރިކޮށް އައިޕޯން 16 އަށް އޯޑަރު ދިން ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފި
އުރީދޫ މެދުވެރިކޮށް އައިޕޯން 16 އަށް ޕްރީ އޯޑަރު ދިން ކަސްޓަމަރުންނަށް ފޯނު ހަވާލުކޮށްފި އެވެ.
އޯޑަރު ދިން ކަސްޓަމަރުންނަށް ރޭ 12 ޖަހާއިރު އެ ކުންފުނީގެ ހެޑް އޮފީހުގަ އެވެ.
މި މަހުގެ 9 ވަނަ ދުވަހުގެ ރޭ އައިފޯން 16 ސީރީޒް އާއި އެއަޕޮޑްސް 4 ވަނަ ޖެނެރޭޝަންގެ އިތުރުން އެޕަލް ވޮޗްގެ 10 ވަނަ ސީރީޒް ލޯންޗުކުރި އެވެ.
އައިޕޯންގެ ޕްރީ އޯޑަރަށް އުރީދޫއިން ހުޅުވާލީ މި މަހުގެ 20 ވަނަ ދުވެހެވެ.
އުރީދޫއިން ޕްރީ އޯޑަރަށް ހުޅުވާލި އަގުތައް ފެށެނީ:
- އައިޕޯން 16 ޕްރޯ (256 ޖީބީ) - 24,899 ރުފިޔާ
- އައިޕޯން 16 ޕްރޯ މެކްސް (256 ޖީބީ/ 512 ޖީބީ) - 27,199 ރުފިޔާ
އައިފޯން 16 އާއި 16 ޕްލަސް އަދި 16 ޕްރޯ އާއި ޕްރޯ މެކްސްގެ ސްކްރީން ވަނީ ބޮޑުކޮށްފަ އެވެ. 16 ޕްރޯ ގެ ސްކްރީނުގައި 6.3 އިންޗި ހުރިއިރު ޕްރޯ މެކްސްގެ ސްކްރީނުގައި 6.9 އިންޗި ހުރެ އެވެ.
މިފަހަރުގެ އައިފޯނުގައި އެންމެ ފާހަގަވީ އެއް ކަމަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ފީޗާ އެވެ. އަދި އައިފޯން 16 ގެ ހުރިހާ މޮޑެލްއެއްގައިވެސް އޭއައި ވަނީ އެޑްވާންސް ކޮށްފަ އެވެ.
މި ސީރީޒްގައި ކެޕްޗާ ބަޓަންއެއް އިތުރުކޮށްފައިވާއިރު އެ ބަޓަންއިން ފޮޓޯ ނެގުމާއި އެހެނިހެންވެސް ކެމެރާގެ ފީޗާތައް ކޮންޓްރޯލް ކުރެވޭނެ އެވެ. މީގެ އިތުރުން 16 ޕްރޯ މެކްސްގައި ހިމަނާފައިވަނީ މިހާތަނަށް އައި ފޯނެއްގައި ހުންނާނެ އެންމެ ރަނގަޅު ބެޓެރީ ކަމަށް އެޕަލްއިން ބުންޏެވެ.
އައިފޯން 16 ޕްރޯ އަދި ޕްރޯ މެކްސްގައި ހިމެނޭ ކެމެރާއިން ފޯކޭ ރިޒޮލިއުޝަންގައި 120 ފްރޭމްސްގެ ވީޑިއޯ ރެކޯޑު ކުރެވޭނެ އެވެ. މިއީ ކޮންޓެންޓް ކްރިއޭޓު ކުރާ މީހުންގެ ވީޑިއޯތައް އާ ހަރުފަތަކަށް ގެންގޮސްދޭނެ ފީޗާ އެކެވެ. މި ދެ ފޯނުގެ އޭ 18 ޕްރޯ ޗިޕު، ބޭސް މޮޑެލްތަކަށްވުރެއް އަވަސްވެފައި ވަރުގަދަ ވާނެކަމަށްވެސް އެޕަލްއިން ބުންޏެވެ.
އައިފޯން 16 ސީރީޒްގެ ފޯނުތަކަށް މުޅިން އާ ފީޗާއެއް ކަމަށްވާ ވިޝުއަލް އިންޓެލިޖެންސް މިއަހަރުގެ ފަހުކޮޅު އަންނާނެ އެވެ. މި ފީޗާ ބޭނުން ކޮށްގެން ރެސްޓޯރެންޓެއް ނުވަތަ މިޔުޒިއަމްއެއް ކެމެރާއަށް ކެޕްޗާ ކުރުމުން އެތަނުގެ ތަފްސީލުތައް (މިސާލަކަށް މެނޫއާއި ހިދުމަތުގެ އަގުތައް) ފަސޭހައިން ހޯދައިލެވޭނެ އެވެ. އެހެންނަމަވެސް މިފީޗާ އަދި ލިބޭނީ މަދު ގައުމަކަށެވެ. އެޕަލްއިން ބުނީ އިތުރު ގައުމުތަކަށް މި ފީޗާ ތައާރަފުކުރަން މަސައްކަތް ކުރާ ކަމަށެވެ.