އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހުއްޓުވައިފި

އޮޅުވާލައިގެން ރާއްޖެ އެތެރެވާން އުޅުނު ބަޔަކު ހުއްޓުވައިފި އެވެ.
އިމިގްރޭޝަންގެ ރަސްމީ އެކައުންޓުން މިއަދު "އެކްސް"ގައި ބުނީ މިއީ ޝަހުސު އޮޅުވާލައިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ރާއްޖެ އެތެރެވާން އުޅުނު ތިން ބިދޭސީން ކަމަށެވެ.
އޭގެ ތެރޭގައި ހިމެނެނީ 21 އަަހަރާއި 23 އަހަރާއި 25 އަހަރުގެ ފިރިހެނުން ނެވެ.
އޭގެ ތެރެއިން 21 އަހަރާއި 23 އަހަރުގެ މީހާ އަތުލައިގަތީ މިދިޔަ އޮގަސްޓު މަހު އެވެ. އަދި 25 އަހަރުގެ މީހާ އަތުލައިގަތީ މިދިޔަ ޖުލައި މަހު އެވެ.
އެމީހުންނާ ގުޅޭ ގޮތުން އިތުރު މައުލޫމާތު ހޯދަން "ދެން" އިން ސުވާލުކުމުން އިމިގްޜޭޝަންގެ އޮފިޝަލު ވިދާޅުވީ ހާމަކުރީ މިވަގުތަށް ދެވެން އޮތް މައުލޫމާތު ކަމަށެވެ.
އިތުރު އެއްވެސް ތަފްސީލެއް އިމިގްރޭޝަނުން ނުދެއެވެ.